ހައުސިންގ މިނިސްޓަރ ޑރ. ހައިދަރަށް ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.



ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި ޖަލްސާގައި އެކި ފަހަރުމަތިން ވޯޓު ނެގުމަށް މަސައްކަތް ކުރި ނަމަވެސް ވެރިކަންކުރާ ޕާޓީގެ މެންބަރުން އެކަމަށް ހުރަސް އެޅުމުން ވޯޓަށް އެހިފައެއް ނުވެއެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޑރ. ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ.

ޑރ. ހައިދަރަށް ރުހުން ނުދިނުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު މާލޭގެ ރައްޔިތުންނަށް ރައީސް ޞާލިޙްގެ ސަރުކާރުން ދޫކުރި ގޯތިތައް ޙަވާލުނުކޮށް ފަސްކުރަމުންދާ މައްސަލާގައި މިނިސްޓަރަށް ރުހުން ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން 19 ބޭފުޅަކަށް ވަނީ ރުހުން ދީފައެވެ.

މަޖިލީހުން ރުހުން ލިބިފައިނުވަނީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމާއި ހައުސިންގ މިނިސްޓަރ ޑރ. ހައިދަރާއި ބަންޑާރަނާއިބު އަޙްމަދު އުޝާމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން