ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން
ރައީސް ޑރ. މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 19 ވަޒީރަކަށް މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން 19 ބޭފުޅަކަށް ވަނީ ރުހުން ދީފައެވެ.

ރުހުން ދިނުމަށް މަޖިލީހުން ފާސްކުރި ވަޒީރުންގެ ނަންތައް:

މިނިސްޓަރ އޮފް ޑިފެންސް، މުހައްމަދު ޣައްސާން މައުމޫން - 71 ވޯޓު

މިނިސްޓަރ އޮފް ފޮރިން، އެފެއާޒް މޫސާ ޒަމީރު - 70 ވޯޓު

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިހްސާން - 68 ވޯޓު

މިނިސްޓަރ އޮފް ފިނޭންސް، ޑރ. މުހައްމަދު ޝަފީޤް - 70 ވޯޓު

މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ އިސްމާއީލް ޝަފީއު - 55 ވޯޓު

މިނިސްޓަރ އޮފް ހެލްތް، ޑރ އަބްދުﷲ ޚަލީލް - 69 ވޯޓު

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު - 37 ވޯޓު

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަހްމަދު ޝިޔާމް - 69 ވޯޓު

މިނިސްޓަރ އޮފް ޓޫރިޒަމް، އިބްރާހީމް ފައިސަލް - 58 ވޯޓު

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ އާއިޝަތު ޝިހާމް - 71 ވޯޓު

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިއު - 70 ވޯޓު

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ތާރިޤު އިބްރާހީމް - 69 ވޯޓު

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުހައްމަދު އަމީން - 66 ވޯޓު

މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، އާދަމް ނަސީރު އިބްރާހީމް - 63 ވޯޓު

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ މަރްޔަމް މާރިޔާ - 66 ވޯޓު

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ އަބްދުﷲ މުއްޠަލިބް - 70 ވޯޓު

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޑރ އާއިޝަތު ރަމީލާ - 70 ވޯޓު

މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަހީދު - 68 ވޯޓު

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް އުމަރު - 70 ވޯޓު

މަޖިލީހުން ރުހުން ލިބިފައިނުވަނީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމާއި ހައުސިންގ މިނިސްޓަރ ޑރ. ހައިދަރާއި ބަންޑާރަނާއިބު އަޙްމަދު އުޝާމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން