ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން އައްޔަންކުރައްވައިފި އެވެ.

މުހުތާޒު މަޤާމަށް ޢައްޔަނު ކުރަށްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް ރައީސް އޮފީހުން އަދި މިކަން ހާމަކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ގިނަ އަހަރުތަކަކު މަސައްކަތް ކުރެއްވުމަށްފަހު ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމާ މުހުތާޒު ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައި 2015 ގައި މަޤާމުން ވަނީ ދުރުކޮށްފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މުހުތާޒުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 17 އަހަރަށް ޖަލަށްލުމަށްވެސް ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށްފައެވެ.

ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް މުހުތާޒު އައްޔަންކުރަށްވާފައި ވާއިރު ނިމިގެން ދިޔަ ޕީއެންސީ މަޖިލީސް ޕްރައިމަރީގައި ދަނގެތި ދާއިރާއަށް ވާދަކުރަށްވައި އޭނާއަށް ވަނީ ނާކާމިޔާބުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން