މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބިގެން އެފަރާތްތަކުން ޝަކުވާތައް އުފުލަމުން ދާކަމަށާއި، މަސްވެރިންނަށް ފައިސާ ނުލިބި މިހާ ދިގުލައިގެންދިޔަ ޒަމާނެއް މަސްވެރިން ނުދެކޭކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ، މަސްވެރިން މިފްކޯއަށް ކިރުވި މަހަށް ފައިސާ ނުލިބި އެތަކެއް ތަކުލީފެއް އުފުލުމުގައި ތިބި އައްޑޫގެ މަސްވެރިންނާއި އޮޑިވެރިންގެ ޝަކުވާ ލިބެމުން ދާކަމަށެވެ. އަދި މިގޮތަށް ފައިސާ ނުލިބި މިހާ ދިގުލައިގެންދިޔަ ޒަމާނެއް އެ މަސްވެރިން ނުދެކޭކަމަށް އެ ފަރާތްތަކުން ބުނަމުން ދާކަމަށާއި، އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
އަދި ކުރިއަށް އޮތީ ރަމަޟާން މަސްކަމުން މަސްވެރިންނާއި އެ މީހުންގެ އާއިލާތައް ބިކަ ނުވާނެހެން މިކަމުގައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ނިޒާރު ވަނީ އެދިވަޑައިގެންފައެވެ.
ނިޒާރު މިހެން ވިދާޅުވެފައިވާއިރު، މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު މިފްކޯ އިން ނުދީ ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ ދޫކުރުމަށް މި މަހުގެ ތެރޭގައި ސަރުކާރުންވަނީ ނިންމާފައެވެ.
ނިމިދިޔަ ސަރުކާރުގައި މިފްކޯއަށް މަސް ގަތުމަށްފަހު މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ތެރެއިން ޖުމްލަ 190 މިލިއަން ރުފިޔާ ދެ ފަހަރަކަށް ބަހާލައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

މަސްވެރިން މިފްކޯއަށް މަސްކިރުވުމަށް ފަހުލިބެންޖެހޭ ފައިސާ ނުލިބި ، އެތަކެއް ތަކުލީފެއް އުފުލުމުގައި ތިބި އައްޑޫގެ މަސްވެރިންނާއި އޮޑިވެރިންގެ ޝަކުވާދަނީ ލިބެމުން. އަދި މިފަދަ ދިގު މުއްދަތަކަށް ފައިސާނުލިބި ދިޔަ ޒަމާނެއް މަސްވެރިން ތަޖުރިބާ ކޮއްފައި ނުވާކަމަށް އެބޭފުޅުން…
— Ali Nizar (@DhekunuNizar) January 30, 2024
ނިޒާރު މިހެން ވިދާޅުވެފައިވާއިރު، މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު މިފްކޯ އިން ނުދީ ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ ދޫކުރުމަށް މި މަހުގެ ތެރޭގައި ސަރުކާރުންވަނީ ނިންމާފައެވެ.
ނިމިދިޔަ ސަރުކާރުގައި މިފްކޯއަށް މަސް ގަތުމަށްފަހު މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ތެރެއިން ޖުމްލަ 190 މިލިއަން ރުފިޔާ ދެ ފަހަރަކަށް ބަހާލައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު