ބަލިމީހުން އިތުރު ފަރުވާއަށް ބޭރަށް ފޮނުވަންޖެހޭ ހާލަތްތަކުގައި އަވައްޓެރި ސްރީލަންކާއަށް ފަސޭހަކަމާއެކު ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމާއި ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިކަން ހާމަ ކުރައްވާފައިވަނީ، ލަންކާގެ ޕޯޓްސް، ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިރްމަލް ސިރިޕަލާ ޑެ ސިލްވާ އާއި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ލަންކާގައި ބައްދަލު ކުރެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި އަމީން ވިދާޅުވީ، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާނޭ ކަމަށާއި، ހާއްސަގޮތެއްގައި، ސިއްހީ ކުއްލި ހާލަތްތަކުގައި އަވަސް ފާރުވާއަށް ސްރީލަންކާއަށް ފޮނުވަންޖެހޭ ބަލިމީހުން ފޮނުވާ ބޯޓުތަކަށް ލަސްނުވެ އޭވިއޭޝަން އެޕްރޫވަލް ލިބޭނެގޮތް ހަމަޖެއްސުމަށް އެއްބަސް ވެވިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
ލަންކާގެ ޑެއިލީ މިރާ ނޫހަށް ދިން އިންޓަވިއުއެއްގައި ޑެ ސިލްވާ ވެސް ވަނީ މިކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ އެއާ އެމްބިއުލާންސް ހިދުމަތް ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ފެށުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މި ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ އެއްވަނަ ދުވަހު ކަމަށާއި މި ހިދުމަތް ފެށުމާއެކު އަވަސް ފަރުވާ އަށް ބޭނުންވާ މީހުން ފަސޭހަކަމާއެކު ލަންކާއަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. މި ހިދުމަތް ފެށުމަށް ދޭންޖެހޭ ހުރިހާ ހުއްދައެއް ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް މިހާރު ވަނީ ދޫކޮށްފައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އަވަސް ފަރުވާއަށް އެކި ތަންތަނަށް އުފުލަންޖެހޭ ބަލިމީހުން އުފުލުމަށް މިހާރު ބޭނުންކުރާ ނިޒާމު ބަދަލުކޮށް، އެއަރ އެމްބިއުލާންސް ތައާރަފު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

I had the great pleasure of meeting Hon. Nimal Siripala de Silva, Minister of Ports, Shipping and Aviation of Sri Lanka today in Colombo
— Mohamed Ameen (@ameen3d) January 30, 2024
We had successful discussions in fostering the relationship between our two Ministries
We have specifically agreed upon creating a framework… pic.twitter.com/mGaYyXIzFF
ކިޔުންތެރިންގެ ހިޔާލު