ރަށަކަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް މަރުޙަބާ ކިޔަނީ
ރަށަކަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް މަރުޙަބާ ކިޔަނީ
ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިން އިތުރުވެ ޗައިނާ މާކެޓް ތިންވަނައަށް ޖެހިލައިފިއެވެ.

ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުން އިތުރުވާން ފަށާފައިވާއިރު ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ 30 ދުވަހު 186327 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ، އިޓަލީ އަދި ޗައިނާއިންނެވެ. އެންމެ ބާރަށް ކުރިއަރަމުން އަންނަ މާކެޓަކަށް ޗައިނާވެފައިވާއިރު އެޤައުމުން ރާއްޖެއަށް ޖުމްލަ 18349 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޗައިނާގެ ޓޫރިސްޓިން އިތުރުވާން މަގުފަހިވި އެއްކަމަކީ ހޮންކޮންގް އެއާލައިންސްގެ ދަތުރައް މިހާރު ރާއްޖެއަށް ފަށާފައިވުމެވެ. އަދި އަންނަ މަހު އެގައުމުގެ ޝިއަމަން އެއާލައިންގެ ދަތުރުތައްވެސް ރާއްޖެއަށް ފަށާނެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ރަޝިޔާއިން 19417 ފަތުރުވެރިން އައިސްފައިވާއިރު އިޓަލީން އައިސްފައިވަނީ 19254 ފަތުރުވެރިންނެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1147 ފެސިލިޓީއެއް ހިންގަމުންދާއިރު އޭގެ ތެރޭގައި 180 ރިސޯޓާއި 812 ގެސްޓްހައުސްގެ އިތުރުން 142 ސަފާރީ އަދި 15 ހޮޓާ ހިމެނެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1878543 ފަތުރުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން