ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ސޯޝަލް މީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ފެށި ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ދެއްކެވި ވާހަކަފުޅުގައެވެ.  

ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ސެޓިފައިޑް ކޯސް ޑިރެކްޓަރު ޒޫނާ ނަސީމް (ޒޫންޓި) ވަނީ ވިލިމާލޭގައި މޫދަށް އެރެން އޮތް ސަރަަހައްދަކީ ގްރޭޓާ މާލެ ސަރަހައްދުން މިހާރު މޫދަށް އެެރެން އޮތް ހަމައެކަނި ސަރަހައްދުކަން ފާހަގަކޮށް އެތަން ހިމާޔަތްކޮށް މޫދަށް އެރޭ ސަރަހައްދެއްގެ ގޮތުގައި އެސަރަހައްދު ބާއްވައިދިނުމަށް ރައީސް އަރިހުގައި އެދިފައެވެ. އެ ސަރަހައްދުން ބައެއް ދޯނިފަހަރު ދަތުރުކުރާ ކަމަށާއި މަސް ހިފުން ފަދަ ކަންކަމުގައި މީހުން އުޅޭތީ ހަގީގީ މާނާގައި އެއީ މޫދަށް އެރޭން ހާއްސަ ސަރަހައްދަކަށް ހެދުމަށް ވެސް ޒޫނާ އެދިފައިވެ އެވެ.

ޒޫނާ ނަސީމް (ޒޫންޓި) ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެކަމަކީ ސަރުކާރުގެ ޕްލޭން ގައި އޮތް ކަމެއް ކަމަށާއި ވިލިމާލެ މޫދު ސަރަހައްދު ހިމާޔަތް ކޮށް ދެއްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ވަރަށް ގިނަ ބަޔަކަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.



މީގެ އިތުރުން ޑައިވަރުން ތަމްރީން ކުރުން ފަދަ ކަންކަމަށް ހާއްސަކޮށްގެން ދިގު މުއްދަތަކަށް ބިން ދޫކުރެވޭނެ ގޮތެއް ވުމަކީ ވެސް ވަރަށް ބޮޑު އެދުމެއް ކަމަށް ރައީސްހުގަެި ޒޫނާ ބުނެފައިވެއެވެ. އެ ފުރުސަތު ހުޅުމާލޭ އެކޭ އެއްގޮތަށް ވިލިމާލޭ ގައި ވެސް ފަހި ވުން ބޭނުންވާ ކަމަށް ޒޫނާ ބުންޏެެވެ.

ރައީސް މުޢިއްޒު ވަނީ އެ ފުރުސަތު އޮތް މިންވަރަކުން އެކަންކަން ތަނަވަސް ކޮށް ދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން