ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ބައްދަލުވުމުގައި
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ބައްދަލުވުމުގައި
ރާއްޖޭން ޔޫރަޕަށް އެތެރެކުރާ މަހުން ނަގާ ޓެކްސް ކުޑަކޮށްދިނުމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޤައުމުތަކުގެ ކިބައިން އެދިވަޑައިގެންފިއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށް ދިޔަ އީޔޫ އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ވާހަަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އެހީވުމަށް ޔޫރަޕަށް ކޮށްދެވޭނެ އެންމެ ބޮޑު އެއްކަމަކީ ރާއްޖޭން ޔޫރަޕަށް އެތެރެކުރާ މަހުން ނަގާ ޓެކްސް ކުޑަކޮށްދިނުން ކަމަށެވެ.

މިނސްޓަރު ޒަމީރު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި އިގުތިސާދު ޑައިވާސިފައި ކުރަން ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށެވެ. އެއާއެކު ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުން ނިމުމަކަށް އަންނާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. ހަމައެހެންމެ އިންޑިއާ ކަނޑުގެ ހަމަޖެހުން ގާއިމު ކުރުމަށް އީޔޫގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ޒަމީރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ގާބިލްކަން އިތުރު ކުރެވޭނީ ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ހަމަހަމަ ފުރުސަތު ފަހިކޮށްދީގެން ކަމަށެވެ.

"އެކަން ހާސިލުކުރުމަށް އެންމެ މުހިންމީ ރާއްޖޭގެ މަހުގެ ބާވަތްތަކުން އީޔޫ އިން ނަގާ ޓެކްސް ކުޑަކޮށްދިނުން." މިނިސްޓަރ ވިދާޅުވިއެވެ.

ޔޫރަޕުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ ޑިއުޓީ ކުޑަކުރުމަށް ކުރީގެ ސަރުކާރުތަކުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް އެކަމުގައި މާއެދެވޭ ކާމިޔާބެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ރާއްޖޭން ޔޫރަޕަށް އެތެރެކުރާ މަހަށް ޑިއުޓީގެ ގޮތުގައި 24 އިންސައްތަ ނަގަން ފެށީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިިކޮށް ތަަރައްގީވަމުން އަންނަ ގައުމަކަށް 2013 ވަނަ އަހަރު ރާއްޖެ ބަދަލުކުރުމާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން