ރާއްޖޭގައި އުޅެމުންދާ ބިދޭސީންތަކެއް
ރާއްޖޭގައި އުޅެމުންދާ ބިދޭސީންތަކެއް
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 173 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، އެ އިދާރާއިން ހިންގި 13 އޮޕަރޭޝަނެއްގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 173 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ގައުމަށް ފޮނުވައިލުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މިގޮތަށް ހައްޔަރުކުރެވޭ މީހުންނަކީ، ހަށިވިއްކުމުގެ މަސައްކަތާއި އެނޫންވެސް ކުށުގެ ވެށީގައި ޙަރަކާތްތެރިވަމުންދާ މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"އަޅުގަނޑުމެން 173 މީހަކު މިހާތަނަށް ވާނެ އިމިގްރޭޝަނާ ހަވާލުކޮށްފަ ޑީޕޯޓްކުރުމަށްޓަކައި." ފުލުހުން ހާމަކޮށްފައިވެއެވެ.

ދާދިފަހުން ހޯމް ލޭންޑު ސެކިއުރެޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ބިދޭސީންގެ މައްސަލަ ހައްލުނުކޮށް ތިބެން، ދެން އިތުރަށް ދެއްކޭނެ ބަހަނާއެއް ނެތްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑިޕޯޓް ކުރާނެ ކަމަށެވެ. ހަމައެއާއެކު ރާއްޖެއަށް ގެންނަ ބިދޭސީންގެ އެކައުންޓެބިލިޓީ ހަރުދާނެ ކުރާނެ ނިޒާމެއް ގާއިމުކުރާނެ ކަމަށްވެސް އިޙްސާން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

އާމިނަތާ

19-Feb-2024

އަދިވެސް އެބަ އުޅޭ ޤަވާޢިދާ ޚިލާފް ބައިވަރު . 173 މީހުން ފޮނުވާފަ ތިކަން ހުއްޓާނުލެއްވުން އެދެން.



ޓްރެންޑިން