އެމްޑީޕީގެ މަރަދޫ ދާއިރާގެ މަޖިލީސް ޓިކެޓު ސ. މަރަދޫ އާޒާދުގޭ އަޙްމަދު ދީދީ ކާމިޔާބު ކުރަށްވައިފިއެވެ.
މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ޕްރައިމަރީ އަޙްމަދު ދީދީ ކާމިޔާބު ކުރެއްވީ 451 ވޯޓު ހޯއްދަވައިގެންނެވެ. އޭނާ އާއި ވާދަކުރެއްވި އިބްރާހިމް އިޒްހާނަށް ލިބިލެއްވީ 242 ވޯޓެވެ.
ޑީޑީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާގެ މުޅިހަޔާތް ފަތުރުވެރިކަމުގެ ދާއިރާގައި ހޭދަކުރެއްވިއިރު، އެ ދާއިރާއަށް އެތައް ހިދުމަތެއް ކޮށްދެއްވާފައި ވެއެވެ.
ޑީޑީ އަކީ އެމްޑީޕީ ފެށުނީއްސުރެ އެ ޕާޓީގައި ހަރަކާތްތެރިވަމުންދާ ބޭފުޅެކެވެ. އެގޮތުން 2004 ވަނަ އަހަރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު ސަރުކާރު ޒިންމާދާރު ކުރުމަށް އެމްޑީޕީން ބޭއްވި މުޒާހަރާތަކާއި ރެލީތަކާއި އެކިއެކި ބައްދަލުވުންތަކާއި ހަރަކާތްތަކުގައި އަޙްމަދު ދީދީ ބައިވެރިވެޑައިގަތެވެ.
މިފަހަރުގެ މަޖިލީސް އިންތިޚާބުގައި މަރަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއި އެއްގޮތަށް ދާއިރާ ތަމްސީލްކުރުމުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ސަރުކާރު ޒިންމާދާރުކޮށް ނަމޫނާ މެމްބަރަކަށް ވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ޑީޑީ ވަނީ ދާއިރާގެ ރައްޔިތުންނަށް އަރުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ގޮނޑި މިހާރު ފުރުއްވަމުން ގެންދަވާ އިބްރާހިމް ޝަރީފް ވަނީ ދާދިފަހުން ވެރިކަންކުރާ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފައެވެ.
ނަމަވެސް މަޖިލީސް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވާނެ ފަދަ އިޝާރާތެއް ދާދިފަހުން ޝަރީފްވަނީ ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު