ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް (މ)
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް (މ)
މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގައި މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.

މިއަދު ކުރިއަށްދިޔަ އިންތިޚާބުގައި ރޮޒޭނާ ވާދަކުރެއްވީ ފޭދޫ އުތުރު ދާއިރާ އަށެވެ.

ފޭދޫ އުތުރު ދާއިރާގެ ޕްރައިމެރީގައި ވޯޓުލީ 688 މީހުންގެ ތެރެއިން ރޮޒެއިނާއަށް ލިބިވަޑައިގަތީ 221 ވޯޓެވެ. އަދި ޕްރައިމެރީ ކާމިޔާބު ކުރެއްވި އަޙްމަދު ޝަރީފް ޑުންގާ އަށް 251 ވޯޓު ލިބިވަޑައިގަތެވެ.

ކެލާ ދާއިރާގެ ޓިކެޓް މިފަހަރު ކާމިޔާބު ކުރެއްވި ޣާލިބަށް ވަނީ 125 ވޯޓު ލިބިވަޑައިގެންފަ އެވެ. ދެވަނައަށް ދިޔަ މިހާރުގެ މެންބަރު ޝަރީފަށް ލިބިވަޑައިގަތީ 122 ވޯޓެވެ.

ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމްއަށް އިންތިހާބުގައި ލިބިވަޑައިގެންނެވީ 106 ވޯޓެވެ. އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރު ކުރެއްވި މުހައްމަދު ނިއުޝާދަށް ލިބިވަޑައިގެންނެވީ 113 ވޯޓެވެ.

މިއަދު ކުރިއަށްދިޔަ އެމްޑީޕީ ޕްރައިމަރީގައި 25،325 މީހުންނަށް ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. 40 ދާއިރާއެއްގައި ބޭއްވި މި ޕްރައިމަރީގައި 149 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން