ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ބިންވެރިޔާ ސްކީމުން ގޯތި ލިބުނު އެންމެންނަށް އެބިންތައް ލިބޭނެކަން ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނެއްކާވެސް ދެއްވައިފިއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ދިހަހާސް މީހުންގެ މަސްލަޙަތު ހިމެނޭ ގޯތީގެ ކަންކަން ކުރިއަށް ގޮސްފައިވާ ހިސާބެއް ސާފު ކުރުމަށް މާލެ ސިޓީ، ހ.މެލްބާން، އިބްރާހީމް ސަމާހު، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ހުރިހާ އެންމެންގެ ގޯތިތަކުގެ ރަޖިސްޓްރީ ހެދުމާއި، ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ވަަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އިބްރާހީމް ސަމާހުގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤާނޫނީ ގޮތުން ރަޖިސްޓްރީއެއް ހެދެނީ ބިން ހިކުމުން ކަމަށާއި، ނަމަވެސް ގޯތި ލިބުނުކަން ކަށަވަރުކުރުމަށްޓަކައި ގޯތިލިބުނު އެންމެންނަށްވެސް ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

"އެހެންވީމަ ގުޅިފަޅުން ވިޔަސް، ގިިރާވަރު ފަޅުންވިޔަސް އަދި ހުޅުމާލޭގެ ފަޅުތެރެއިން ހިއްކަމުންދާ ބައިން ގޯތި ލިބުނު މީހުންނަށްވެސް ލިޔުމާއި ގޯތި ދޫކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް އެބަދޭ." ރައީސް ވިދާޅުވިއެވެ.



ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ވީޑިއޯ މެދުވެރިކޮށް ރައްޔިތުންކުރާ ސުވާލަށް އެމަނިކުފާނު ދެއްވާ ޖަވާބު، ރައީސް އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން