1000 ފަޤީރުން މި ދައުރުގައި ސަރުކާރުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިމޭރުމުން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މިއަދު ވިދާޅުވީ، ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުން މި ދައުރުގައި އިރާދަކުރެއްވިއްޔާ ޙައްޖުވުމުގެ ފުރުޞަތު ސަރުކާރުގެ ޚަރަދުގައި ދެއްވާނެ ކަމަށެވެ. މިގޮތުން މި އަހަރުތެރޭގައި 50 ފަޤީރުންނަށް މި ފުރުސަތު ދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ޒަކާތަށްދޭ އަހައްމިއްޔަތު އިތުރުކުރުމަށް ޒަކާތު ހައުސް ޤާއިމުކޮށްފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
"ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް އިރާދަކުރެއްވިއްޔާ ވާނީ، ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް، ފުރަތަމަ ފަހަރަށް ރޯދަ ހަދިޔާދޭ ރަމަޟާންމަހަށް. އަދި އަހަރުގެ ތެރޭގައި އަންނަ އަޅުކަމުގެ އެންމެ ބަރަކާތްތެރި އެއް ފޯވަހިކަމުގައިވާ ރަމަޟާންމަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އަދި ހެޔޮ ޢަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިރާދަކުރެއްވިއްޔާ ވޭތިކުރާނެ." ރައީސް ވިދާޅުވިއެވެ.
1000 ފަޤީރުން މި ދައުރުގައި ސަރުކާރުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު ރާއްޖެއަށް އާއްމު ގޮތެއްގައި ކޮންމެ އަހަރަކު ލިބެނީ 1000 ޙައްޖު ކޯޓާއެވެ. އަދި މިއަހަރު ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެކުރިން ބައެއް އަމިއްލަ ޖަމާއަތްތަކަށް ކޯޓާ ދިނުމުން ބޮޑެތި މައްސަލަތައް ހައްޖުވެރިންނަށް ވަނީ ކުރިމަތިވެފައެވެ.
ރައީސް މިއަދު ވިދާޅުވީ، އަންނަ ފިޠުރު ޢީދާ، އަދި އެނޫން އިސްލާމީ މުނާސަބާތަކާ ޤައުމީ މުނާސަބާތައްވެސް ދީނީ އަދި ޤައުމީ ފުރިހަމަ ރޫޙާ އުފާފާގަތިކަމާ އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން ފާހަގަ ކުރަށްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު