ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އެކަނިވެރި މައިންނަށްދޭ އިނާޔަތް އަންނަ އަހަރު ބޮޑުކުރަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެކަނިވެރި މައިންގެ ޢިނާޔަތާއި، ޔަތީމު ކުދީންނަށް އަޅައިލުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާމެދު ފުވައްމުލައްސިޓީ، ހޯދަނޑު އަވަށު، މާވަށް، ފާޠިމަތު ޢާފިޔާ ޢަލީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެކަނިވެރިންނަށް ދެމުންދާ އިނާޔަތް ބޮޑުކުރުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެއް ކަމަށެވެ. އަދި އެ ވައުދު ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ ބަޖެޓުގެ ތެރެއިން އެކަމަށް ބަޖެޓު އިތުރުކުރުމަކީ މުޅިން ހަމަޖެހިފައި އޮތް ކަމެއް ނޫން ކަމަށެވެ،

"އެހެން ނަމަވެސް މި އަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރެވޭނެ އަހަރަކަށް ހަދާނަން. މި އަހަރުވެސް ހަމަ މަސައްކަތް ކުރަމުން ދަނީ" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ޔަތީމު ކުދިންނަށްޓަކައި މިހާރުވެސް ގިނަ މަސައްކަތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ކުދިންނަށް ފޯރުކޮށްދޭ އެހީތައް އިތުރު ކުރަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ވީޑިއޯ މެދުވެރިކޮށް ރައްޔިތުންކުރާ ސުވާލަށް އެމަނިކުފާނު ދެއްވާ ޖަވާބު، ރައީސް އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން