ރައީސްގެ ދެކަނބަލުން
ރައީސްގެ ދެކަނބަލުން
ރައީސްގެ ދެކަނބަލުން ފްލެޓް ލިބޭ މީހުންގެ ވަކިލިސްޓެއް ގެންގުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސްގެ އަނބިކަނބަލުން ގެންގުޅުއްވާ ލިސްޓަކަށް ގޯތިތައް ދެމުންދާކަމަށްބުނެ ފަތުރެމުންދާ ޚަބަރުތަކުގެ ޙަޤީޤަތް ސާފު ކުރުމަށް ހުޅުމާލެ، ފްލެޓް 104، ފާޠިމަތު އާދަމް، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނާއި، އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި ސަރުކާރުގެ އެއްވެސް މަޤާމެއްގައި ހުރި އެއްވެސް މީހަކު އެފަދަ ލިސްޓެއް ނުގެންގުޅުއްވާ ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

ފާޠިމަތު އާދަމްގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން އެއްވެސް ރައްޔިތެއްގެ ޙައްޤަށް އަރައިނުގަންނާނެ ކަމަށާއި، ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަވަނީ ވީއެންމެ ބޮޑަކަށް އިންސާފުން ކަމަށެވެ. އަދި ހަމަހަމަކަމާއެކު ދެފުށްފެންނަ ގޮތަށްނޫނީ އެއްވެސް ކަމެއް ކުރިއަށް ނުގެންދަވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

"އެއީ ގެދޮރުވެރިކަމުގެ ފްލެޓެއް ވިޔަސް، އަދި އެހެންކަހަލަ ޙައްޤެއް ކަމުގައި ވިޔަސް، އެ ޙައްޤަކުން އެއްވެސް މީހަކު މަޙުރޫމް ކުރުމުގެ ކަމެއް ނުކުރާނެ. އެފަދަ ކަމެއް ކުރުމަށް އަޅުގަނޑު ޖާގަވެސް ނުދޭނަން." ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކަށް ޖާގަ ނުދެއްވާނެ ކަމަށްވެސް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ކަމެއް އެއްވެސް ފަރާތަކުން ހިންގަވައިފިނަމަ އެފަރާތަކާމެދު އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެދައްކާ ވާހަކަތަކަކީ އެއްގޮތަކަށްވެސް ޙަޤީޤަތެއް އެކުލެވޭ ވާހަކަތަކެއްނޫން. އެއީ ސަރުކާރާމެދުގައި ޙަޤީޤަތެއްނެތް ވާހަކަތަކެއް ފަތުރައިގެން ދޮގު ވާހަކަތައް ފަތުރައި ފިތުނަ އުފެއްދުމަށް ދައްކާ ވާހަކަތަކެއް." ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވިއެވެ.



ރައީސް މިމޭރުމުން ވިދާޅުވެފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ ބުނެފައިވަނީ، ކުރީ ސަރުކާރުން ޢާއްމު ކުރި 4000 މީހުންގެ ފްލެޓް ލިސްޓުގެ 60 އިންސައްތައަކީ ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން