ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ
މުސްތަގުބަލުގައި މާލޭގެ ޕަވަރ ޕްލާންޓް ވާނީ ބެކަޕް ޕަވަރ ޕްލާންޓަކަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑިއާއެއްގަައި ރޭ ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ މާލޭގައި ކުއްލި ޙާލަތުގައި ބޭނުންކުރާނެ ކަރަންޓުގެ ރަނގަޅު ބެކަޕް ސިސްޓަމެއް ހުންނަން ޖެހޭ ކަމަށެވެ. އެގޮތުން މުސްތަގުބަލުގައި މާލޭ ޕަވަރ ޕްލާންޓް ވެގެންދާނީ ބެކަޕް ޕަވަރ ޕްލާންޓަކަށް ކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ ވިސްނުން މިހާރު ހުރީ މުސްތަޤުބަލްގައި މާލޭ ޕަވާ ޕްލާންޓް ބެކަޕެއްގެ ގޮތުގައި ބޭނުން ކުރުމަށް ކަމަށާއި، އަދި ހުޅުމާލެ ނުވަތަ ތިލަފުށިފަދަ ތަނެއްގައި ބޮޑު ޕަވަރ ޕްލާންޓެއް އަޅައިގެން ޕަވަރ އިންޕޯޓްކޮށްގެން ޑިސްޓްރިބިއުޓް ކުރުމުގެ ނިޒާމެއް ތަޢާރަފް ކުރުމަށް ކަމަށެވެ.

ފަހުމީ ވިދާޅުވީ ކުރިއަށްއޮތް ޕީކަށް ސްޓެލްކޯއިން ތައްޔާރުވަމުންދާ ކަމަށާއި އެކަމަށްޓަކައި އިތުރު ޕަވަރ ޕްލާންޓްތައް އިންސްޓޯލް ކުރަށްވާނެ ކަމަށެވެ.

"ޕީކް މި އަހަރު، މި ސީޒަންގަ އަޅުގަނޑުމެންނާ މި ދިމާވަނީ ރޯދަ މަހާ ދިމާކޮށް. އެހެންވީމާ އަޅުގަނޑުމެން ޚާއްސަ ފިޔަވަޅުތަކެއް އެބަ އަޅަން. އިތުރު ޕަވަރ ޕްލާންޓްތައް އިންސްޓޯލް އެބަ ކުރަން. އަދި އަޅުގަނޑުމެންގެ ނެޓްވަރކަށްވެސް އަޅުގަނޑުމެން މިވަގުތު ގެންނަންޖެހޭ ބަދަލުތައް އެބަ ގެންނަން." ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ރޯދަ މަހާ ދިމާކޮށް، ނުވަތަ ޕީކާ ދިމާކޮށް ކަރަންޓު ނުކެނޑި ހިދުމަތް ދެވޭނެ ހުރިހާ ގޮތެއް މިހާރު ހޯދަމުންދާ ކަމަށެވެ،

މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހުމީ ގެންދަވަނީ ސްޓެލްކޯގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ސްޓެލްކޯގެ ހިދުމަތްތައް ބައްޓަންކޮށް، ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ފަހުމީ ގެންދަވަނީ ކުރަށްވަމުންނެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން