ތ. ގުރައިދޫގައި އަޅަން ޕްލޭންކޮށްފައިވާ އެއާޕޯޓުގެ މަސައްކަތް މި އަހަރު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގުރައިދޫގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަޢުދުވެ ވަޑައިގެންނެވީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައެވެ. ނަމަވެެސް މި އަހަރު ބަޖެޓު އެކުލަވާލިއިރު ގުރައިދޫގެ އެއާޕޯޓުގެ މަސައްކަތް ބަޖެޓު ކޮށްފައިނެތެވެ.
އެހެންނަމަވެސް ކޮޅުމަޑުލަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި ގުރައިދޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ އެ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވަވައިފަ އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ މަރުޙަލާގައި ބަޖެޓު އެކުލަވާލުމުގެ މަސައްކަތަށް ލިބުނީ ވަރަށް މަދު ދުވަސްކޮޅެއް ކަމަށެވެ.
"ބަޖެޓުގައި މި ރަށުގެ އެއާޕޯޓު ހެދުމަށް ނެތް ނަމަވެސް، މި އަހަރު އިރާދަ ކުރެއްވިއްޔާ އެެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. ގާނޫނީ އިމުގެ ތެރެއިން ކަންކުރެވޭ ގޮތް ހޯދާނަން" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުށި ދިއްގަރުފަރު ހިއްކަން ވެސް ބަޖެޓުގައި ހިމެނި ކަަމަށާއި، ނަމަވެސް އެ އަދަދު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އުނިކުރި ނަމަވެސް ގާނޫނީ އިމުގެ ތެރެއިން އެއޮތީ އެ މަޝްރޫއުވެސް ފައްޓަވާފައި ކަމަށެވެ.
އެހެންކަމުން ގުރައިދޫގެ އެއާޕޯޓް މަޝްރޫއުވެސް ފެށިގެންދާނެ ކަމުގެ ފެހި ސިގްނަލް ރައީސް ވަނީ ދެއްވާފައެވެ.
އޭގެ އިތުރުން ގުރައިދޫގެ މަގު ހެދުމާއި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު