ސަރުކާރުން އުޅެނީ ކުރީ ސަރުކާރުގެ 4000 ފްލެޓް މަޖިލީސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ވަކިބަޔަކަށް ބަހާލަން ކަމަށް މާފަންނު ހުޅަނދު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.
ފަލާޙް މިމޭރުމުން ވިދާޅުވީ، ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަަކަށް ވީހާވެސް އަަވަހަކަށް ފްލެޓް ހަވާލުކުރަން ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައެވެ.
މައްސަލައިގެ ބަހުސްގައި ފަލާޙް މިއަދު ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާކަމަށް ބުނެފައިވާއިރު، ތަޙުޤީޤަށް ހުރަސް އެޅިދާނެ ކަމަށްބުނެ އޭގެ އެއްވެސް ތަފްސީލެއް ހާމަނުކުރުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ފަލާޙް ވިދާޅުވީ ފްލެޓްތަކުގެ ޙައްޤުވެރިންނަށް ފްލެޓްތައް ދިނުމަށް އެއްވެސް ބަޔަކު ހުރަސް އަޅާނަމަ އެމްޑީޕީން އެކަމާ އަލާނުލައި މަޑުން ނޯންނާނެ ކަމަށެވެ. ހަމައެއާއެކު ހައުސިން މިނިސްޓަރަށް ރުހުން ނުދިނުމުން އަނެއްކާވެސް ހަމަ އެބޭފުޅާ އެ ވުޒާރާއަށް ޢައްޔަނު ކުރެއްވި ސަބަބު ސާފުވެއްޖެ ކަމަށާއި، އޭސީސީވެސް ވަނީ ސިޔާސީ ވެފައިކަމަށް ފަލާޙް މިއަދު ވިދާޅުވިއެވެ.
"މިއުޅެނީ މި 4000 ފްލެޓު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ބޭނުން ގޮތަކަށް ބަހާލަން. އަޅުގަނޑުމެންނެއް މަޑަކުން ނުތިބޭނަން. ކުރަންޖެހުނު ކޮންމެ މަސައްކަތެއް މިކަމުގައި ކުރާނަން." މެންބަރު ފަލާޙް ވިދާޅުވިއެވެ.
ފަލާޙް މިބީދައިން ވިދާޅުވެފައިވާއިރު ނިމިދިޔަ ސަރުކާރުން އެކުލަވާލި ފްލެޓްތަކުގެ ދާއިމީ ލިސްޓް އިންސާފުވެރިނޫން ކަމަށް ބުނެ ގިނަ ރައްޔިތުން ވަނީ ޝަކުވާ ކޮށްފައެވެ. ހަމައެއާއެކު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު