މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް ސްޓެލްކޯއިން އިސްލާމިކް މިނިސްޓަރާއި މަޝްވަރާކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ މިއަދު ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، މުޙައްމަދު ޝަހީމް ޢަލީ ސައީދާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝަހީމް ވަނީ މިސްކިތްތަކާއި ދީނީ އެކިއެކި މުއައްސަސާތަކުގައި ސޯލާ ޕެނަލް ހަރުކުރުމާއި މިނިސްޓްރީއަށް ފަންނީ އެހީ ފޯރުކޮށްދިނުމާއި ގުޅޭގޮތުން ސްޓެލްކޯގެ އެމްޑީއާއި މަޝްވަރާކުރައްވާފައެވެ.
ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މިސްކިތްތަކާއި ގުޅޭ ކަންކަމުގައި ސްޓެލްކޯގެ ދާއިރާގެ ތެރެއިން ދެވެންހުރި ފަންނީ އެހީ އިސްލާމިކް މިނިސްޓްރީއަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝަހީމްއާއި އެމްޑީ ފަހުމީގެ އިތުރުން ސްޓެލްކޯއާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންވެސް ބައިވެެރިވެވަޑައިގެންނެވިއެވެ.

މެނޭޖިންގ ޑިރެކްޓަރ @u09HussainFahmy މިއަދު ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، @Mohamedshaheem1 އާއި ބައްދަލުކުރައްވާފައި. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝަހީމް ވަނީ މިސްކިތްތަކާއި ދީނީ އެކިއެކި މުއައްސަސާތަކުގައި ސޯލާ ޕެނަލް ހަރުކުރުމާއި މިނިސްޓްރީއަށް ފަންނީ އެހީ… pic.twitter.com/RPqWJBRLBs
— STELCO (@STELCOMALDIVES) February 7, 2024
ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މިސްކިތްތަކާއި ގުޅޭ ކަންކަމުގައި ސްޓެލްކޯގެ ދާއިރާގެ ތެރެއިން ދެވެންހުރި ފަންނީ އެހީ އިސްލާމިކް މިނިސްޓްރީއަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝަހީމްއާއި އެމްޑީ ފަހުމީގެ އިތުރުން ސްޓެލްކޯއާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންވެސް ބައިވެެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު