ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއަށް "ސަޕްރައިޒިން" އަދަދެއްގެ ގޮނޑި ނެގޭނެ ކަމަށް އެ ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ޑިމޮކްރެޓްސް ޕާޓީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ހަގު ސިޔާސީ ޕާޓީ ކަމަށެވެ. އަދި އެ ޕާޓީ ވުޖޫދުކޮށް މިއަދާ ހިސާބަށް އަންނަން ޖެހުނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ޕާޓީ އުފެއްދުމާއެކު ރިޔާސީ ޕްރައިމަރީއެއް ބާއްވައި ރިޔާސީ އިންތިހާބަށް ކެންޑިޑޭޓޭއް ނެރުމާއެކު ކުރު މުއްދަތެއްގެ ތެރޭގައި މޭޔަރުގެ އިންތިހާބަށް ވެސް ކެންޑިޑޭޓެއް ނެރެން ޖެހުނު ކަމަށް ޝިފާޒު ވިދާޅުވި އެވެ. އަދި އަނެއްކާވެސް ކުރިއަށް އޮތީ މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ޕާޓީ ރަނގަޅަށް ކުރިއަށް ގެންގޮސް ބިނާ ކުރަން ވަގުތެއް ނުލިބޭ ކަމަށް ޝިފާޒު ވިދާޅުވި އެވެ. އެެެހެން ނަމަވެސް ޑިމޮކްރެޓްސްގެ ބޭފުޅުންނަކީ އިންތިހާބުތަކަށް އަބަދުވެސް ޝައުުގުވެރިކަން ހުންނަ މެމްބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ވެސް އަދި މައިނޯރިޓީ ވެސް ބޭނުން ކަމަށާއި އަދި މަސައްކަތް ކުރަމުންދަނީ އެ މަގަށް ކަމަށެވެ.
ޝިފާޒް ވިދާޅުވީ ރާއްޖޭގެ އެހެން ހުރިހާ ޕާޓީތަކަށް މިހާރު ވަމުންދާ ގޮތާއި ޑިމޮކްރެޓްސްއަށް އޮތް އިތުބާރު ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރަން ރާއްޖޭގެ ރައްޔިތުން އެ ރައްޔިތުންގެ މަންދޫބެއްގެ ކިބައިން އެންމެ ބޭނުންވާނެ ކަންކަން ހަމަ ގައިމުވެސް ޑިމޮކްރެޓްސްގެ އެ ކެންޑިޑޭޓޫންގެ ކިބައިން ފެންނާނެ. އެހެންވީމާ ޑިމޮކްރެޓްސްއަކީ އެ ބޭފުޅުންކަން އަޅުގަނޑަށް ހަމަ ޔަގީން ސާފުވާނެ. ދެން އެ ހަގީގަތުގެ މައްޗަށް ކެމްޕޭނުކޮށްފައި ދާއިރު ހަމަ ސަޕްރައިޒިން އަދަދެއް އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް ލިބޭނެ. ކާމިޔާބު ހަމަ ރަނގަޅު އަދަދެއް ލިބޭނެ،" ޝިފާޒު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު