އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށްދަނީ
އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށްދަނީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށްއެދި ހުށައެޅި 14 މީހެއްގެ ކެންޑިޑެސީ ފޯމު ބަލައިގެންފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ދޮރު ބަންދުވާނީ މި މަހުގެ 14 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އަށެވެ.

އީސީގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް އިއްޔެއާ ހަމައަށް 15 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން ޖުމްލަ 14 އެޕްލިކޭޝަން ބަލައިގެންފައިވާ ކަމަށް ޙަބީބު ވިދާޅުވިއެވެ.

"މިއަދު ލިބުނީ 4 އެޕްލިކޭޝަން. އެއީ، ޕީއެންސީ ގެ 2، އެމްޑީއޭގެ 1، އަމިއްލަގޮތުން 1. 4 އެޕްލިކޭޝަން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފައި." ޙަބީބު އިއްޔެ ވިދާޅުވިއެވެ.



މިއަހަރުގެ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އީސީން ނިންމާފައިވީ ނަމަވެސް އިންތިޚާބާ ބެހޭ ޤާނޫނު އިސްލާޙު ކުރުމަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ އިސްލާޙު އަންނަ ހަފްތާގައި ފާސްކުރުމުން އެ ތާރީޚަށް ބަދަލު އަންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން