އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފަސޭހައިން އެކައުންޓު ހުޅުވެންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެއެވެ.
އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރާއްޖޭގެ ބޭންކްތަކުގައި އެކައުންޓު ހުޅުވުމަށް މިހާރު އޮންނަ އުސޫލު އުނދަގޫކަން ފާހަގަކުރައްވައި ޙަބީބު ވިދާޅުވީ، އިންތިހާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުން، އިންތިހާބަށް ހާއްސަކޮށް ރާއްޖޭގެ ބޭންކެއްގައި އަލަށް ހުޅުވަން ޖެހޭ ބޭންކް އެކައުންޓް މިހާރަށް ވުރެ ފަސޭހައިން ހުޅުވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
ހަބީބު ވިދާޅުވީ އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހް ގެނައުމަށް، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ މިވަގުތު، މިކަމާމެދު ވިސްނެވުން ވަރަށް މުހިންމު ކަމަށެވެ.
"އިންތިޚާބުތަކާބެހޭ ޢާންމު ގާނޫނަށް، އިސްލާހް ގެނައުމަށް، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައިވާ މިވަގުތު، މިކަމާމެދު ވިސްނައި ވަޑައިގަތުން ވަރަށް މުހިންމު. ބޭންކްތަކުގެ ކަންބޮޑުވުން ތަކަށް، ހައްލެެއް ލިބުމަކީވެސް މުހިންމުކަމެއް." ޙަބީބު ވިދާޅުވެފައިވެއެވެ.
ޙަބީބު މިބީދައިން ވިދާޅުވެފައިވާއިރު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކެންޑިޑޭޓުންނަށް އިންތިހާބަށް ހާއްސަކޮށް ބޭންކް އެކައުންޓެއް ހުޅުވަން ވަނީ ލާޒިމް ކޮށްފައެވެ.
އެގޮތުން އެ މާއްދާގައި ބުނެފައިވަނީ، އިންތިހާބާ ގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި އެކަމަށް ހާއްސަކުރާ އެކައުންޓެއް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމުގައި ހުޅުވަންވާނެ ކަމަށާއި، އިންތިހާބާ ގުޅިގެން ކުރާ އެންމެހައި ހަރަދެއް ކުރަންވާނީ އެ އެކައުންޓް މެދުވެރިކޮށް ކަމަށެވެ.
އޭގެއިތުރުން ކެންޑިޑޭޓަކަށް އެ އިންތިހާބާ ގުޅިގެން ލިބޭ ހުރިހާ ފައިސާގެ އެހީވެސް ޖަމާކުރަންވާނީ އެ އެކައުންޓަށް ކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، ރާއްޖޭގެ ބޭންކެއްގައި، އަލަށް އެކައުންޓެެއް ހުޅުވުމާ ގުޅޭގޮތުން، އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންނަށް، ބޭންކްތަކުން ކަނޑައަޅުއްވާ ކްރައިޓީރިއާ އެއްގެ ދަށުން ނަމަވެސް، އާ އެކައުންޓެއް ހުޅުވޭނޭ…
— Ismail Habeeb (@IsmailHabeeb) February 8, 2024
ޙަބީބު މިބީދައިން ވިދާޅުވެފައިވާއިރު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކެންޑިޑޭޓުންނަށް އިންތިހާބަށް ހާއްސަކޮށް ބޭންކް އެކައުންޓެއް ހުޅުވަން ވަނީ ލާޒިމް ކޮށްފައެވެ.
އެގޮތުން އެ މާއްދާގައި ބުނެފައިވަނީ، އިންތިހާބާ ގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި އެކަމަށް ހާއްސަކުރާ އެކައުންޓެއް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމުގައި ހުޅުވަންވާނެ ކަމަށާއި، އިންތިހާބާ ގުޅިގެން ކުރާ އެންމެހައި ހަރަދެއް ކުރަންވާނީ އެ އެކައުންޓް މެދުވެރިކޮށް ކަމަށެވެ.
އޭގެއިތުރުން ކެންޑިޑޭޓަކަށް އެ އިންތިހާބާ ގުޅިގެން ލިބޭ ހުރިހާ ފައިސާގެ އެހީވެސް ޖަމާކުރަންވާނީ އެ އެކައުންޓަށް ކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު