ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު
ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު
މި ސަރުކާރުން ވަކި ފިކުރަކަށް ބެލުމެއްނެތި ހުރިހާ ކައުންސިލަކަށް އެއްބާރުލުންދޭނެ ކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފް ޢުމަރު މިމޭރުމުން ވިދާޅުވީ، ކުރީ ސަރުކާރުން ކައުންސިލް ހިންގުމުގައި ފުރިހަމަ އެއްބާރުލުން ލިބިފައި ނުވާކަމަށް ދުވާފަރު ކައުންސިލްގެ ރައީސް ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްތަކަށް އެއްބާރުލުން ނުދިނުމުގެ ވިސްނުން ކޮންގްރެސް ޕާޓީގެ މިސަރުކާރުގައި ނުގެންގުޅޭ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކޮށް ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ވަކި ފިކުރަކަށް ބެލުމެއްނެތި ހުރިހާ ކައުންސިލްތަކަށް މި ސަރުކާރުން އެއްބާރުލުން ދެއްވާނެކަން ގެންދަވަނީ ސާބިތުކޮށް ދެއްވަމުން." ކައުންސިލްތަކާބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރުގައި ކައުންސިލްތަކަށް އޮތީ ވަރަށް އުޖާލާ ކުރިމަގެއް ކަމަށެވެ.

މިނިސްޓަރު މިބީދައިން ވިދާޅުވެފައިވާއިރު ދުވާފަރު ކައުންސިލްގެ ރައީސް ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ވިދާޅުވެފައިވަނީ، ކައުންސިލް އިދާރާ ހިންގުމުގައި ކުރީގެ ސަރުކާރުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ލިބިފައި ނުވާކަމަށެވެ.

އޭގެ އިތުރުން ކައުންސިލުން ފޮނުވާ މުހިންމު ބައެއް ސިޓީތަކުގެ ޖަވާބު އެއްގޮތަކަށްވެސް ނުލިބުމާއި، ކައުންސިލުގެ އެހެނިހެން ކަންކަމުގައިވެސް އެކަށީގެންވާ އަހަންމިއްޔަތުކަން ކުރީ ސަރުކާރުން ދީފައި ނުވާކަން އޭނާ ފާހަގަ ކުރަށްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

އަހްމަދު

19-Feb-2024

މިއީ މުޅި ގައުމު ސަރުކާރުން ވަކި ބަޔަކަށް ބަލާކަމަށް ވާނަމަ އެއީ ވަރަށްބޮޑު މައްސަލައެއް



ޓްރެންޑިން