ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ވައުދަށް ފިއްލަވާނެ ރައީސެއްނޫން ކަމަށް މިނިސްްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމް މިބީދައިން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވައި، ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ފޮތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢު ކުރެއްވުމާ ގުޅިގެންނެވެ.
ރައީސް ވެރިކަމަށް ވަޑައިގަތުމަށް ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތައް އެކުލެވޭ ފޮތް ޢާއްމުކޮށް ފެންނަގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢު ކުރެއްވުމާ ގުޅިގެން ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ވައުދަށް ފިއްލަވާނެ ރައީސެއްނޫން ކަމަށެވެ.
"ދިވެހީންގެރާއްޖެ" މި ޝިޢާރުގެ ދަށުން، ކުރިއަށް ގެންދިޔަ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕޭނުގައި، އެމަނިކުފާނު ވަނީ، 53 ދުވަހުގެ ތެރޭގައި، ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި ތަފާތު އެކި އިންތިހާބީ ހަރަކާތްތަކުގައި، ދިވެހި ގައުމުގެ ހާލަތާއި ކުރިމަގާމެދު އެމަނިކުފާނުގެ ވިސްނުންފުޅާއި ތަސައްވުރާއި ސިޔާސަތު ހާމަކުރައްވައި، 205 ފަހަރު އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
1024 ސަފުހާގެ މައްޗަށް އެކުލެވޭ މިފޮތުގައި، ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް ދެއްކެވި ކޮންމެ ވާހަކަފުޅެއްގައި ވެވަޑައިގެންނެވި މުހިންމު ވައުދުތައް ވަކީން ރަށްރަށް ސެލެކްޓް ކުރެވޭގޮތަށް ފާހަގަކޮށްފައިވެއެވެ.
މިއީ، ރާއްޖޭގެ ރައީސަކު، ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކާއި، އިންތިހާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގާ މިގާ ތަފުސީލުކޮށް އެކުލަވައިލައްވާ އާންމުކޮށް ޝާއިއުކުރެއްވި ފުރަތަމަ ފަހަރެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ފުއްދާނޭ ކަންކަން ފާހަގަކޮށް އެކުލަވައިލި މަގުޗާޓުގެ ވައުދުތަކުގެ ތެރެއިން 78 އިންސައްތަ ފުއްދިފައިވާ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ބާކީހުރި ހުރިހާ ވައުދެއް ފުއްދާނޭގޮތުގެ 5 އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަންނީ މާހިރުންގެ ޓީމަކާއެކު މަސައްކަތް ކުރަމުން ގެންދާ ކަަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. @MMuizzu ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ފޮތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި . ވައުދަށް ފިއްލަވާނެ ރައީސެއްނޫން.https://t.co/NeLbkMQZjG#DhiveheengeRaajje pic.twitter.com/TGKTZWJlUP
— Ahmed Shiyam (@Shiyamaldives) February 9, 2024
މިއީ، ރާއްޖޭގެ ރައީސަކު، ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކާއި، އިންތިހާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގާ މިގާ ތަފުސީލުކޮށް އެކުލަވައިލައްވާ އާންމުކޮށް ޝާއިއުކުރެއްވި ފުރަތަމަ ފަހަރެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ފުއްދާނޭ ކަންކަން ފާހަގަކޮށް އެކުލަވައިލި މަގުޗާޓުގެ ވައުދުތަކުގެ ތެރެއިން 78 އިންސައްތަ ފުއްދިފައިވާ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ބާކީހުރި ހުރިހާ ވައުދެއް ފުއްދާނޭގޮތުގެ 5 އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަންނީ މާހިރުންގެ ޓީމަކާއެކު މަސައްކަތް ކުރަމުން ގެންދާ ކަަމަށެވެ.
ކިޔުންތެރިންގެ ހިޔާލު