ހުސްވި ޖަނަވަރީ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 3.5 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ މަސް ދުވަހުގެ މާލީ ހިސާބުތަކަށް ބަލާއިރު، ސަރުކާރުން ޖަނަވަރީ މަހު ހަރަދު ކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް ލިބުނު އާމްދަނީ ވަނީ އެއަށްވުރެ އިތުރު ވެފައެވެ. އެގޮތުން 3.5 ބިލިއަން ރުފިޔާ މިދިޔަމަހު ދައުލަތަށް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޖަނަވަރީ މަހުގެ ހަރަދުތައް ސަރުކާރުން ކުޑަކޮށްފައިވީނަމަވެސް، އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އިދާރީ ހަރަދުތަކާއި މުވައްޒަފުންގެ މުސާރައަށެވެ. އޭގެ އިތުރުން ޕެންޝަން ފަންޑަށް ކުރި ހަރަދާއިއެކު މުސާރައާއި އިދާރީ ކަންކަމަށް ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވެއެވެ.
އާސަންދައަށް މިދިޔަ މަހު 147.9 މިލިއަން ރުފިޔާ ހަރަދުކުރިއިރު ސަބްސިޑީގެ ގޮތުގައި 246 މިލިއަން ރުފިޔާ ވަނީ އެކި ފަރާތްތަކަށް ދީފައެވެ. އަދި ދައުލަތުން ނަގާފައިވާ ލޯނުތައް ދެއްކުމަށް 380.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.
އާމްދަނީއަށް ބަލާއިރު 3.5 ބިލިއަން ރުފިޔާ ލިބިފައިވަނީ ޓެކްސްގެ ގޮތުގައެވެ. އަދި ޓެކްސް ނޫން ގޮތަށް 328 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކޮށް ދަރަނިން ސަލާމަތް ކުރުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެކެވެ. އެ އަމާޒަށް ވާސިލުވުމަށް ހަރަދު ކުޑަކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު