މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ބޭއްވި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ބޭއްވި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު
ދުވާލަކު 100 ޓަނުގެ ދަޅު މަސް ބަންދުކުރާ ކާރުހާނާއެއް އެޅުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

100 ޓަނުގެ ދަޅު މަސް ބަންދުކުރާ ކާރުހާނާއެއް އެޅުމުގެ މަސައްކަތަކީ، 43 ވަނަ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރަށްވާފައިވާ މަޝްރޫޢެކެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ދެއްކެވި ވާހަކަފުޅުގައި މަސްވެރިކަމާބެހޭ ވުޒާރާގެ އިސްބޭފުޅުން ވިދާޅުވެފައިވަނީ، މަސްވެރިކަމުން ލިބޭ ޢާމްދަނީ އިތުރުކުރުމަށްޓަކައި ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ވަރުގެ، ކޭނިންގ ފެކްޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އޭގެއިތުރުން ސަރުކާރުގެ ވިސްނުންހުރީ ކުރިއަށް އޮތް 4 އަހަރުތެރޭގައި ރާއްޖޭގައި ބާނާ ހުރިހާ މަހެއް ވެލިއު-އެޑް ޕްރޮޑަކްޓްގެ ގޮތުގައި އެކްސްޕޯޓުކުރުމުގެ އަމާޒު ހާސިލްކުރުން ކަމަށްވެސް މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ، ރާއްޖޭގައި މަސް ބަންދުުކުރާ އިތުރު ކާރުހާނާއެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި މިއީ ފެލިވަރު ކާރުހާނާގެ އިތުރަށް ތަރައްްޤީކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެހެންމެ ފެލިވަރު ކާރުހާނާ އިތުރަށް ތަރައްޤީކުރުމަށް މިހާރު ކުރެވޭ މަސައްކަތުގެ ތެރޭގައި އިތުރު 100 މެޓްރިކްޓަނުގެ ދަޅު މަސް ބަންދުކުރާ ކާރުހާނާއެއް އެޅުމުގެ މަސައްކަތް ހިމެނޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން މިފްކޯގެ ހިންގުމަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށެވެ. އެގޮތުން މަސްވެރިންގެ ސީދާ ބައިވެރިވުން އޮވެގެން މިފްކޯ ހިންގުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ދާދިފަހުން ވަނީ، މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ބާޒާރުން ލިބޭ މަންފާ އިތުރުކުރުމަށް "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް" ނަމުގައި ކުންފުންޏެއް އުފައްދާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ީހހސ

19-Feb-2024

މަސްވެރިންނަށް ރުފިޔާ ދޭނިކަމެއްނެއް



ޓްރެންޑިން