އެމްޑީީޕީީ ޕީޖީ ބައެއް މެންބަރުން
އެމްޑީީޕީީ ޕީޖީ ބައެއް މެންބަރުން
5.6 މިލިއަން ރުފިޔާ ނުދައްކައިގެން އެމްޑީޕީ ގޮވައިގެން ކޯޓަށް ދިއުމަށް އައިލެންޑް އޭވިއޭޝަނުން ނޯޓިސްދީފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނުން މިއަދު ބުނެފައިވަނީ، އެމްޑީޕީގެ ބޭނުންތަކަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރާއި، އޮކްޓޯބަރު މަހުގެ ތެރޭގައި ކޮށްފައިވާ 10 ދަތުރެއްގެ ޓިކެޓާއި ޗާޓާރ ފްލައިޓުތަކަށް އަރާފައިވާ 5،629،861 ރުފިޔާ ހޯދުމަށް އެކި ފަހަރު މަތިން އެޕާޓީއަށް އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެބިލްތަކަށް ފައިސާ ނުލިބޭ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އައިލެންޑް އޭވިއޭޝަނުން އެމްޑީޕީއާއެކު އެއްބަސްވެފައިވަނީ ޚިދުމަތް ހޯދާ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ބިލްތަކަށް ފައިސާ ދައްކާ ގޮތަށެވެ. ނަމަވެސް އެ ފައިސާ ދައްކާފައި ނުވާތީ، މި މަހުގެ 18ވަނަ ދުވަހުގެ 16:00 ގެ ކުރިން އެމްޑީޕީން ފައިސާ ނުދައިކައިފިނަމަ ނުލިބި ހުރި ފައިސާ ހޯދުމަށް ޝަރުއީ މަރުހަލާތައް ފަށާނެ ކަމަށް އައިލެންޑު އޭވިއޭޝަނުން ވަނީ އެމްޑީޕީއަށް އަންގާފަ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފައިސާއަކީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު އެމްޑީޕީން މޯލްޑިވިއަނުން ކޮށްފައިވާ ދަތުރުތަކަށް ދައްކަން ޖެހޭ ފައިސާއެވެ.

މިކަމާ ބެހޭގޮތުން އެމްޑީޕީން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


4

ފޒ

19-Feb-2024

މީތޯރައިޔަތުން ނަށާއިރައިޔަތުންގެ ހައްގުހިމެނޭ ކުންފުނި ތަކަށާއި. ރައިޔަތުންނާއި މެދު އިޚުލާސްތެރިވާ ގޮތަކީ ސާބަހޭ އެންޑީޕީ ފައްފަށުން މަރުހަބާ.


0

ހޭލާ

19-Feb-2024

ވެރިކަމާހެދި މޮޔަވެ ދައުލަތް ހަފުސް އަރުވާ ގައުމުގެ ބައިތުލްމާލު ތަޅާ ސުންނާފަތި ކުރީ ކަރަޕްޓް ވެފައިވާ ފަސާދަވެރިން ގިނަޕާޓީއެއް އެމްޑީޕީ އަކީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދިނީމަވެސް ރައްޔިތުންނަށް ވީ ގައްދާރު.....



ޓްރެންޑިން