ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާ ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީ އަށް ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
ރައީސްގެ މި ދަތުރުފުޅަކީ ވޯލްޑް ގަވަރމަންޓްސް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިސަމިޓް ކުރިއަށް ދާނީ މި މަހުގެ 12 އިން 14 އަށް ޔޫއޭއީގެ ދުބާއީގައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކޮޕް28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އަބޫދާބީއަށްވެސް ވަޑައިގެންފައެވެ. އޭގެ އިތުރުން ތުރުކީ އާއި ޗައިނާ އަށްވެސް އެމަނިކުފާނު ރަސްމީ ދަތުރުފުޅެއް ކުރަށްވާފައިވެއެވެ.
ޔޫއޭއީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ މި މަހުގެ 15 ގައެވެ.

ކިޔުންތެރިންގެ ހިޔާލު