ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މީހުން މީހުންނަށް ހައްދަވާ ރައީސެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ އެމްއެންޑީއެފުން ސްޓެލްކޯގެ މުވައްޒަފުންނަށް މިއަދު ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމާއި ގުޅިގެން މީސް މީޑިއާގައި ޙިއްސާ ކުރެއްވެވި މެސެޖެއްގައެވެ.

ފަހުމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، އެ ރައްޔިތުން އެދޭގޮތަށް ހިނިތުންވުމާއި އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. މިގޮތުން ފަހުމީ ވިދާޅުވީ މީހުން މީހުނަށްވަނީ މީހުން މީހުނަށް ހެދުމުން ކަމަށެވެ.

ހަމައެއާއެކު، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމާ ފަހުމީ ހަވާލުވެ ވަޑައިގަތުމަށްފަހު، އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދަވާ އެއްކަމަކީ ރައީސް ޑރ. މުޢިއްޒުގެ ލަފާފުޅާ އިރުޝާދުފުޅުގެ ދަށުން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަަރު ރަނގަޅުކުރުމާއި މުވައްޒަފުންގެ ހުނަރާ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކަމަށް ފަހުމީ ވިދާޅުވިއެވެ.

އެގޮތުން މިއަދު ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމަށް އަލިއަޅުވާ ލައްވަމުން ފަހުމީ ވިދާޅުވީ، އެ ޕްރޮގްރާމަކީ ގައުމީ ދިފާއީ ބާރާއި ސްޓެލްކޯ ގުޅިގެން ގިރިފުށީ ޓްރެއިންގ ސެންޓަރގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގޭ ލީޑަރޝިޕް އެންހޭންސްމަންޓް ޓްރެއިނިންގ ޕްރޮގުރާމެއް ކަމަށެވެ.

"މި ޕްރޮގްރާމްގެ ސަބަބުން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ކޮލިޓީ ރަނގަޅު ކުރެވި، ސްޓެލްކޯގެ ސަފުތައް ބަދަހިކުރެވި، މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤު ހަރުދަނާވެ، ރައީސް ޑރ. މުޢިއްޒު އެދިވަޑައިގަންނަވާ ފެންވަރާ މިންވަރުގައި ޚިދުމަތް ދިނުމުގެ ރޫހު އާލާވެގެންދާނެ ކަމާމެދު ޝައްކެތްނެތެވެ." ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ. މިއަދުގެ ނިޔަލަށް 120 މުވައްޒަފުން މިތަމްރީނު ފުރިހަމަ ކޮށްފައިވާ ކަމަށާއި، މިޕްރޮގްރާމް ހިންގެވުމުގައި ދިވެހި އަސްކަރިއްޔާއިން ދެއްވާ އެއްބާރުލުމާ އެހީތެރިކަމަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން