ޑިމޮކްރެޓްސްގެ ހަރުގެ
ޑިމޮކްރެޓްސްގެ ހަރުގެ
ޑިމޮކްރެޓްސްގެ ރައީސްގެ ކައުންސިލަށް އިތުރު 8 މެމްބަރަކު އައްޔަނުކޮށްފިއެވެ.

ޑިމޮކްރެޓުން މިއަދު ބުނީ، އެޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ގައުމުގެ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމުގައި ޕާޓީގެ ރައީސަށް ލަފާ ދިނުމަށް އުފައްދާފައިވާ ޕާޓީ ރައީސްގެ ކައުންސިލަށް އިތުރު މެމްބަރުން އައްޔަންކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 8 މެންބަރުން ވަނީ ރައީސްގެ ކައުންސިލަށް އަލަށް އައްޔަނު ކުރަށްވާފައެވެ.

މިދިޔަ އަހަރުގެ ޖުލައިމަހު 12 ވަނަ ދުވަހު އުފެއްދި ޑިމޮކްރެޓުން މިއަދު ވަނީ އެޕާޓީން އެންމެ ފަހުން ބޭއްވި އެތެރޭގެ އިންތިޚާބުގައި ޔަންގް ޑިމޮކްރެޓްސްގެ ލީޑަރުކަމާއި ނައިބު ލީޑަރުކަމަށް އިންތިޚާބުވީ ފަރާތްތައް އިއުލާނު ކޮށްފައެވެ.

އެގޮތުން ޔަންގް ޑިމޮކްރެޓްސްގެ ލީޑަރުކަމަށް އިންތިޚާބުވެފައިވަނީ މުޙައްމަދު މާސިހުއެވެ. އޭނާ އިންތިޚާބުވެފައިވަނީ ވާދަކުރުމަށް ދެން ހުށަހެޅި ކެންޑިޑޭޓުގެ ނަން އަނބުރާ ގެންދިއުމުންނެވެ. ޔަންގް ޑިމޮކްރެޓްސްގެ ޑެޕިއުޓީ ލީޑަރުކަމަށް އިންތިޚާބުކޮށްފައި ވަނީ މުޙައްމަދު އަޒުވަރެވެ. އަޒުވަރު ވެސް އިންތިޚާބު ވެފައިވަނީ ވާދަކުރުމަށް ދެން ހުށަހެޅި ކެންޑިޑޭޓުގެ ނަން އަނބުރާ ގެންދިއުމުންނެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާއިރު އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އީސީގެ ދަފްތަރުގައި ވާގޮތުން އޮގަސްޓްމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ޑިމޮކްރެޓްސްގައި ތިބީ 3،280 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން