މާލޭގައި ހުންނަ ޑީއެޗްއެލްގެ އޮފީސް
މާލޭގައި ހުންނަ ޑީއެޗްއެލްގެ އޮފީސް
ޑީއެޗްއެލް އިން މަސްތުވާތަކެތި ގެނައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރީ މަސްތުވާތަކެތި ހުރި ޕާރްސަލް ބަލައި ޑީއެޗްއެލް އަށް ގޮސް ހުއްޓައެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވަނީ، މަސްތުވާތަކެތި ހުރި އެ ޕާރުސަލަކީ އޭނާގެ އެއްޗެއްކަން ފުލުހުން ކަށަވަރު ކޮށްފައިވަނީ، ޕެކޭޖުގައި ޖަހާފައި އޮތް ފޯން ނަންބަރާއި އޭނާ ގެންގުޅޭ ފޯން ނަންބަރު ދިމާވުމުން ކަމަށެވެ.

އަދި އޭނާގެ ފޯނުގައި ޕެކޭޖުގެ ޓްރެކިން ނަންބަރު ނޯޓުކޮށްފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.

އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެމީހާގެ ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން