މަސްވެރިން މަސްބޭނުމުގެ މަސައްކަތުގައި (ފޮޓޯ: މަސްވެރިން.އެމްވީ)
މަސްވެރިން މަސްބޭނުމުގެ މަސައްކަތުގައި (ފޮޓޯ: މަސްވެރިން.އެމްވީ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ހެދުމަށް އިކޮނޮމިކް ކައުންސިލުން ނިންމައިފިއެވެ.

ނަމަވެސް އިޤްތިޞާދީ ކައުންސިލްގެ ނިންމުން ތަންފީޒު ވާނީ، އެނިންމުން ރައީސް މުޢިއްޒު ބަލައިގެންފި ނަމައެވެ.

މަސްވެރިން ބާނާ މަހުގެ އަގު 20 ރުފިޔާއަށް ބަދަލު ކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާއިރު، މިހާރު މަސްކިލޯއެއް ގަންނަމުން ދަނީ 25 ރުފިޔާއަށެވެ. އެ އަގުގައި މަސް ގަތްނަމަވެސް މަސްވެރިންނަށް ބަރާބަރަށް ފައިސާ ނުދެވޭ މައްސަލަ ބޮޑުވެ މަސްވެރިންގެ ހިތްހަމަނުޖެހުން ވަނީ ބޮޑުވެފައެވެ.

އިކޮނޮމިކް ކައުންސިލުގެ މި ނިންމުމާމެދު ސަރުކާރުން ރަސްމީކޮށް މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

މަސް ގަންނަ އަގު 25 ރުފިޔާއަށް ހަދާފައި ވަނީ ރައީސް ޞާލިޙްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައެވެ.

އާ ސަރުކާރު ހަވާލުވީ އިރު މަސްވެރިންނަށް 200 މިލިއަން ރުފިޔާ ނުދީ އޮތް ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެ ފައިސާ މަސްވެރިންނަށް ޖަމާކޮށްދެމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން