ރައީސް ޔާމީން ޕީއެންއެފްގެ ހަރުގެ ބައްދަލުވުމެއްގައި
ރައީސް ޔާމީން ޕީއެންއެފްގެ ހަރުގެ ބައްދަލުވުމެއްގައި
ރައީސް ޔާމީންގެ ޕީއެންއެފް ފިކުރުގެ ކެންޑިޑޭޓުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅުއްވާނެކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙް ރޭ ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ތާއީދާއި އެކު ޕީއެންއެފް ފިކުރުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބައެއް ކެންޑިޑޭޓުންގެ ފޯރމް ހުށަހެޅުން މިއަދު 1 ޖަހާއިރު ދަރުބާރު ގޭގައި އޮންނާނެ އޮންނާނެ ކަމަށެވެ.

މަލީޙް ވިދާޅުވީ، ޕީއެންއެފްގެ ކެންޑިޑޭޓުން ދަރުބާރުގެއަށް ވަޑައިގަތުމުގެ ކުރިން މާދަމާ 12:30 ގައި ރައީސް ޔާމީން ޕާޓީ އޮފީހުގައި އެފަރާތްތަކާ ބައްދަލު ކުރަށްވާނެ ކަމަށެވެ.

ޕީއެންއެފްގެ ތާޢީދާއެކު މަޖިލީހަށް ވާދަކުރަށްވާ ކެންޑިޑޭޓުންގެ ޢަދަދު މަލީޙް ހާމަކުރަށްވާފައެއް ނުވެއެވެ. ނަމަވެސް ބައެއް ކެންޑިޑޭޓުނާއި އޭޖެންޓުންގެ ޤާނޫނީ ފޯރމް އަދިވެސް ނިމިފައި ނުވާކަމަށް މަލީޙް ވިދާޅުވިއެވެ.

ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމިން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގައި ހުރިހާ އަޑުއެހުންތަށް ނިމި މިހާރު އޮތީ ހުކުމާއި ހިސާބުގައެވެ.

ގޭ ބަންދުގައި މިވަގުތު ހުންނެވި ރައީސް ޔާމީނަށް ކަރެކްޝަނުން އަންގާފައިވަނީ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިނުވުމަށެވެ. ނަމަވެސް ރައީސް ޔާމީން ގެންދަވަނީ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން، އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްވެސް ކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން