ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވުމަށް ފަނޑިޔާރު ޙުސްނުއްސުޢޫދު މިއަދު ހަމަޖައްސަވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މީގެ ކުރީގައި ހުންނެވީ އައިޝާ ޝުޖޫން މުހައްމަދުއެވެ. ޑިސެމްބަރު 2019 ގައި އެމަޤާމަށް އައްޔަންކުރެވުނު ޝުޖޫންގެ ދައުރު ހަމަވާނީ މިއަހަރުގެ ފަހުކޮޅުއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވުމަށް ފަނޑިޔާރު ޙުސްނުއްސުޢޫދު މިއަދު ޢައްޔަންކުރެއްވިކަން އިޢުލާންކުރިނަމަވެސް ޝުޖޫން އެމަޤާމުން ވަކިކުރެއްވިކަން ނުވަތަ އިސްތިއުފާ ދެއްވިކަމެއް ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ސުއޫދަކީ 2010 ވަނަ އަހަރުގައިވެސް ޖޭއެސްސީގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވުމަށް ފަނޑިޔާރު ޙުސްނުއްސުޢޫދު މިއަދު ހަމަޖައްސަވައިފި. pic.twitter.com/s3DLEbbJCS
— Supreme Court of the Maldives (@SCMaldives) February 13, 2024
ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވުމަށް ފަނޑިޔާރު ޙުސްނުއްސުޢޫދު މިއަދު ޢައްޔަންކުރެއްވިކަން އިޢުލާންކުރިނަމަވެސް ޝުޖޫން އެމަޤާމުން ވަކިކުރެއްވިކަން ނުވަތަ އިސްތިއުފާ ދެއްވިކަމެއް ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ސުއޫދަކީ 2010 ވަނަ އަހަރުގައިވެސް ޖޭއެސްސީގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެެވެ.
ކިޔުންތެރިންގެ ހިޔާލު