ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނާއިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަަލަ އަނބުރާ ގެންނަން އުޅޭ ކަމުގެ މައުލޫމާތު "ރަސް"އަށް ލިބިއްޖެ އެވެ.
އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރު ކޯލިޝަނުން 23 މެމްބަރުންގެ ސޮޔާއެކު ހުށަހެޅީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އަދި މި މަހުގެ ހަތަރު ވަނަ ދުވަހު ވަނީ އެ މައްސަލައިގެ ނޯޓިސް އެ ބޭފުޅުންނަށް ފޮނުވައިފަ އެވެ.
ނަމަވެސް ޕީއެންސީގެ މެމްބަރު "ރަސް" އަށް ކަށަވަރުކޮށްދެއްވި ގޮތުގައި އެ މައްސަލަ އަނބުރާ ގެނައުމަށް ޕާޓީގެ ލީޑަޝިޕްގެ ތެރޭގައި މިހާރުދަނީ ވާހަކަ ދެކެވެމުންނެވެ. ނަަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޖިލީހުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.
މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތްއިރު މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ އާއި، ޑިމޮކްރެޓްސް ގުޅިގެން ކެބިނެޓްގެ ތިން ވަޒީރަކަށް ރުހުން ނުދީފައެއް ނުވެއެވެ.
ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީކަމުން ނިންމުމާ ގުޅިގެން މެންބަރުންގެ މެދުގައި ވަނީ ބޮޑު ހަމަނުޖެހުމެއް ހިނގައިފައެވެ، އަދި ސަރުކާރު ކޯލިޝަނުން އެ މައްސަލައިގައި އަސްލަމާއި ސަލީމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
ސަރުކާރު ކޯލިޝަނުން ތުހުމަތު ކޮށްފައިވަނީ އަސްލަމް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު