ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މިއަހަރުގެ ތެރޭގައި މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މާފުށީގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ދުވަހާ ގުޅޭގޮތުން ކ.މާފުށީ، ޖަންބުމާގޭ، އަޙްމަދު ސަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އެމަނިކުފާނުގެ ވަޢުދެއްކަމަށެވެ. އެހެންކަމުން އެވަޢުދު މިއަހަރުގެ ތެރޭގައި ފުއްދުމަށް ބޭންކް އޮފް މޯލްޑިވްސްއާއެކު މަޝްވަރާ ކުރަަށްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަޅުގަނޑުގެ ޓާގެޓަކީ ވީހާވެސް އަވަހަށް އޭޓީއެމް ބެހެއްޓުން. ވަރަށް މަސައްކަތް ކުރާނަން." ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ސަމީރުގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސް އިތުރަށް ވިދާޅުވީ، ޑޮލަރު ލިބުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިކަން ޙައްލު ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަށްވާ ކަމަށެވެ. އެގޮތުން އިޤްތިޞާދު ރަނގަޅަށް ހިނގައިގަނެ ތަރައްޤީގެ މަޝްރޫޢުތައް ރަނގަޅަށް ފެށުމުން ޑޮލަރު ތިޔާގިވެގެން ދާނެކަމަށް އުންމީދު ކުރަށްވާ ކަމަށް ރައީސް ވިދާޅުވިއެވެ.



ރައީސް ރައްޔިތުންނަށް މިފަދަ އުންމީދެއް ދެއްވާފައިވާއިރު، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން