ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ހާމަކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މީޑިއާ ކައުންސިލްގެ ގާނޫނުގެ 36 ވަނަ މާއްދާގައި މައުލޫމާތާއި، ހިޔާލާއި، ހަބަރު ފެތުރުމަށްޓަކައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެންނާއި ނުކޮށް ހިންގާ ވެބްސައިޓުތަކަކީ ވެސް "މީޑިއާ" ކަމުގައި މާނަ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ހުރިހާ މީޑިއާއެއް މޮނިޓަރ ކުރުމަކީ އެ ކައުންސިލްގެ މެންޑޭޓްގެ ތެރޭގައި ހިމެނިފައި އޮތް ކަމެއްކަމަށް މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ.
އެމްއެމްސީން ބުނީ ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުން އަންނަ 3 ވެބްސައިޓެއްގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން އެމައްސަލަ ބަލަމުންދާ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ. ހަމައެއާއެކު އެ މައްސަލަތައް ބަލަމުން އަންނަ ވަރަކަށް ކައުންސިލްގެ ނިންމުންތައް އާންމު ކުރަމުން ގެންދާނެ ކަމަށްވެސް އެމްއެމްސީން ބުނެފައިވެއެވެ.
"މީޑިއާ ކައުންސިލުން އަބަދުވެސް ބާރު އަޅަނީ ރާއްޖޭގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވީއެންމެ ފުޅާމިނެއްގައި ހުޅުވާލާފައި އޮތުމަށެވެ. އެހެން ނަމަވެސް ކަމުގެ ހަގީގަތް ނުބަލައި އަދި ކަމާ ގުޅޭ ފަރާތްތަކުން މައުލޫމާތު ސާފުނުކޮށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ މި ކައުންސިލުން ބަލައިގަންނަ ކަމެއް ނޫނެވެ." އެމްއެމްސގެ ބަޔާނުގައިވެއެވެ.
މީގެއިތުރުން މީޑިއާގެ ނަމުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ފަތުރަމުން އަންނަ އިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް އެމްއެމްސީގެ ގިނަ މެންބަރުން ދެކޭ ކަމަށާއި، ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށްޓަކައި، ކަމާ ގުޅޭ އުސޫލެއް ހަދަން އިއްޔެ ބޭއްވި އެ ކައުންސިލްގެ ޖަލްސާއިން ފާސްކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.
އެމްއެމްސީއިން އިތުރަށް ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މީޑިއާތަކާއި ކަމާގުޅޭ ޖަމިއްޔާތަކާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތައް އަދި އާންމުންގެ ހިޔާލާއެކު އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ގާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ ހިޔާލު ފާޅު ކުރުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފާއިރު އެހެން ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މުޖުތަމައު ތެރޭ ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
އޭގެއިތުރުން އެފަދަ ކަންކަން ތަކުރާރުކޮށް ކުރާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުތަކާއި، އަދި ހެދިފައި ހުރި އުސޫލުތަކުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް އެމްއެމްސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު