ކ. ގުޅިފަޅު ހިއްކުން ކުރިއަށް ގެންދެވޭގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރެފިއެވެ.
ގުޅިފަޅު ހިއްކުން މަޑުޖައްސާލަން މީގެ ކުރިން ހައި ކޯޓުން ވަނީ އަމުރު ނެރެފައެވެ. ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ވަނީ، އެ އަމުރަށް އަމަލު ކުރުން ފަސް ކުރުމަށް ވަގުތީ އަމުރެއް ނެރެފައެވެ.
ގުޅިފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން އޭރު އަމުރު ނެރުނީ، ތިމާވެއްޓަށް ގެއްލުން ވާކަމަށް ބުނެ އާއްމުންގެ މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް މިއަދު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުވެ ނެރުނު އަމުރެއްގައި ބުނީ، ގުޅިފަޅު ހިއްކުން މަޑުޖައްސާލައިފި ނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅަން އަމުރުގައި އަންގާފައި ވެއެވެ.
ގުޅިފަޅުގެ 65 ހެކްޓަރު ހިއްކުމުގެ މަޝްރޫއުއަކީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ. އަދި މި ސަރުކާރުން ވަނީ، ގުޅިފަޅުން އިތުރު 85 ހެކްޓަރު ހިއްކުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު