ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ފ. ފީއަލީގެ ތަރައްޤީގެ މަޝްރޫޢުތައް ވަޢުދުވެފައިވާ ގޮތަށް ފުއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ކުރީ ސަރުކާރުން ފީއަލީގައި ހިއްކާފައިވާ ފަސްގަނޑުގެ ބޮޑުބައެއް ގިރައިގެން ގޮސްފައިވާތީ ފ.ފީއަލީ، ހަނދުވަރީ މަންޒިލް، އިބްރާހީމް ޝަނޫން، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ފީއަލީގައި ހިއްކާފައިވާ ފަސްގަނޑު ޙިމާޔަތް ކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ކުރިއަށް ގެންދަވާ ކަމަށެވެ. އަދި އެ މަސައްކަތް އަވަސްކޮށް ދިނުމަށް މިހާރު ދަންނަވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ފީއަލީގެ ބިންހިއްކުމާއި، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ނިމިގެންދާއިރު މިހާރު ގިރާފައިވާ ސަރަޙައްދަށް އަލުން ފަސްއަޅައި މުޅި ޕްރޮޖެކްޓް އެއްކޮށް ފުރިހަމަ ކުރަށްވާނެ ކަމަށެވެ.

"ފީއަލީގެ ތަރައްޤީގެ މަސައްކަތްތަކަށް އިރާދަކުރެއްވިއްޔާ ރަނގަޅު ޙައްލެއް ގެނެސްދޭނަން." ރައީސް ވިދާޅުވިއެވެ.



ޝަނޫން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައި ރައީސް އިތުރަށް ވިދާޅުވީ، ފީއަލީގެ ބަނދަރުހެދުމާއި، ރަށުގެ މައިމަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ވަކި ތާވަލެއްގެ ދަށުން ބަޖެޓް ކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.

ހަމައެއާއެކު އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން