އެޗްޕީއޭ އިން ކުރިއަށް ގެންދިޔަ ހެލްތް ކޭމްޕެއްގެ ތެރެއިން
އެޗްޕީއޭ އިން ކުރިއަށް ގެންދިޔަ ހެލްތް ކޭމްޕެއްގެ ތެރެއިން
ރާއްޖޭގައި ލޮލުރޯގާ އިތުރުވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ، ރާއްޖޭގައި މި ދުވަސްވަރު ލޮލުރޯގާ އިތުރުވަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ލޮލުރޯގާގެ ބަލިމީހުން އެންމެ ސިނައިން ފެންނަމުންދަނީ މާލެ ސަރަހައްދުގެ އިތުރުން ހދ، ރ، ލ އަދި ގދ އަތޮޅުން ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

ލޮލުރޯގާ އަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އާއި، ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށާއި، މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ލޯ ހިރުވުމާއި ލޮލުން ފެންއައުމާއި ލޮލުގައި މަޑުހެދުމާއި ލޯ ރަތްވުން ހިމެނޭކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ލޮލުރޯގާ އިން ރައްކާތެެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގިނަގިނައިން ސައިބޯނިލައިގެން އަތް ދޮވުމާއި، އާންމުކޮށް އަތްލައި ތަކެއްޗާއި ތަންތަން ސާފުކުރުމާއި، ލޮލުގައި އަތްލުމާއި އަތް އުނގުޅުމުން ދުރުހެލިވުމާއި، ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމާއި، ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުން ކުރާ ބޭސްފުޅި ބޭނުން ނުކުރުން ހިމެނެއެވެ.



ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެކަމަށް ޝައްކުކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން