ބެންގަލޫރު އެއަރޕޯޓުން ކުޑަހުވަދޫ އެއަރޕޯޓަށް ދަތުރުވެރިން ބޯޑިންގ ވަނީ
ބެންގަލޫރު އެއަރޕޯޓުން ކުޑަހުވަދޫ އެއަރޕޯޓަށް ދަތުރުވެރިން ބޯޑިންގ ވަނީ
އިންޑިއާގެ ބެންގަލޫރުން ދ. ކުޑަހުވަދޫ އެއާޕޯޓަށް ސީދާ އުދުހުންތައް ފަށައިފިއެވެ.

ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓުން ދ. ކުޑަހުވަދޫ އެއަރޕޯޓަށް މިދަތުރުތައް މިއަދު ފަށާފައިވަނީ ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މަންތާ އެއާ އިންނެވެ. އެގޮތުން މަންތާ އެއާގެ ފްލައިޓު އެންއާރު 4411 ބެންގަލޫރުން ފުރައިގެން ކުޑަހުވަދޫ އެއާޕޯޓަށް ޖެއްސީ މިއަދު ހެނދުނު 11:30 ހާއިރު އެވެ.

މަންތާ އެއާގެ ބައިނަލްއަގުވާމީ ފުރަތަމަ ފްލައިޓުން އައި ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ކުޑަހުވަދޫ އެއަރޕޯޓަށް ވަޑައިގެންނެވިއެވެ.

މަންތާ އިން ބުނީ، ކުޑަހުވަދު އާއި ބެންގަލޫރާ ދެމެދު ސީދާ ވައިގެ އުދުހުންތައް ފެށުމުން، ފަސިންޖަރުން ކުރަން ޖެހޭ ހަރަދުތައް ކުޑަވެ، ވަގުތު ސަލާމަތްވާނެ ކަމަށެވެ. ހަމައެއާއެކު ދ. އަތޮޅުގައި ހިންގާ ރިސޯޓުތަކަށް ދިއުމަށްވެސް ފަތުރުވެރިންނަށް ފަސޭހަވެގެން ދާނެކަމަށް މަންތާއިން މަޢުލޫމާތުދެއެވެ.

ދ. އަތޮޅުގައި ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތައް ކަމުގައިވާ ކަނޑިންމަ މޯލްޑިވްސް އާއި ނިޔާމަ ޕްރައިވެޓް އައިލެންޑާއި ސެއިންޓް ރެޖިސް މޯލްޑިވްސް އާއި ރިއު އާއި ބަގްލިއޯނީ އާއި އަންގްސާނާ ވެލާވަރާއި ސަން ސިޔާމް އިރު ވެލި ފަދަ ރިސޯޓުތައް ހިންގަ އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުން އާންމުކޮށް އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އޭގެ އިތުރުން އައްޑޫ އެއާޕޯޓަށް ސްރީލަންކާގެ ގައުމީ އެއާލައިނުން މިހާރު ސީދާ ދަތުރުތައް ކުރެއެވެ.

މަންތާއިން އަންނަނީ ކުޑަހުވަދޫއަށާއި ދަރަވަންދޫއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އޭގެ އިތުރުން އެކުންފުނިން ރިސޯޓުތަކަށް ސީޕްލޭން ދަތުރުތައްވެސް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން