ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީސް އިންތިޚާބުގައި ވާދަ ކުރަށްވާ ބައެއް ކެންޑިޑޭޓުން
ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީސް އިންތިޚާބުގައި ވާދަ ކުރަށްވާ ބައެއް ކެންޑިޑޭޓުން
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރުމަށް އެންމެ ގިނައިން އަންހެން ކެންޑިޑޭޓުން ނެރެފައިވަނީ ޑިމޮކްރެޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އިންތިޚާބުގައި ވާދަ ކުރުމަށް ޑިމޮކްރެޓުން ވަނީ 12 އަންހެން ކެންޑިޑޭޓުން ނެރެފައެވެ. ދެވަނައަށް އެންމެ ގިނައިން އަންހެން ކެންޑިޑޭޓުން ނެރެފައިވާ އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވަނީ 6 ކެންޑިޑޭޓުންނެވެ.

އޭގެ އިތުރުން ވެރިކަންކުރާ ކޮންގްރެސް ޕާޓީ އާއި، ޖުމްހޫރީ ޕާޓީން އިންތިޚާބަށް ނެރެފައިވަނީ ކޮންމެ ޕާޓީއަކުންވެސް 2 ކެންޑިޑޭޓުންނެވެ. ހަމައެއާއެކު އަމިއްލަގޮތުންވެސް 20 އަންހެން ކެންޑިޑޭޓުން އިންތިޚާބުގައި ވާދަ ކުރަށްވައެވެ.

އިންތިޚާބުގައި ވާދަކުރާ އެމްއެންޕީ އާއި ޢަދާލަތު ޕާޓީއާއި، އެމްޑީއޭ އިން އަންހެން ކެންޑިޑޭޓަކު ނެރެފައެއް ނުވެއެވެ. އީސީން ބުނީ މިއިންތިޚާބުގައި ވާދަކުރަށްވާ އަންހެން ކެންޑިޑޭޓުންގެ އިންސައްތަ އަކީ 11.41 ކަމަށެވެ. އެއީ 42 ކެންޑިޑޭޓުންނެވެ.

2019 ވަނަ މަޖިލީހުގެ އިންތިޚާބުގައި 43 ކަނބަލުން ވާދަ ކުރަށްވާފައިވާ ކަމަށް އީސީގެ ތަފާސް ހިސާބުން ދައްކައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަ ކުރަށްވާ ކެންޑިޑޭޓުންގެ ޖުމްލަ އަދަދަކީ 368 އެވެ. އޭގެތެރޭގައި ހިމެނެނީ 326 ފިރިހެން ކެންޑިޑޭޓުންނާއި 42 އަންހެން ކެންޑިޑޭޓުނެވެ.

މި އަހަރުގެ އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން