އިބްރާހިމް ފަހީމް   18 ފެބްރުއަރީ 2024 - 2:54
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޅ. ކުރެންދުއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް ޞާލިޙް ކުރެންދުއަށް ވަޑައިގެންފައިވަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް ވާދަކުރައްވާ، ހުޅުމާލެ ދާއިރާގެ މިހާރުގެ މެންބަރު އަދި ރައީސް ޞާލިޙްގެ ކޮއްކޯފުޅު ޢަލީ ނިޔާޒުއަށް ކެމްޕޭން ކޮށްދެއްވުމުގެ ގޮތުންނެވެ.

އެ ރަށަށް އެމަނިކުފާނު ވަޑައިގެންނެވުމުން އެމަނިކުފާނަށް ތާއީދުކުރާ ގިނަ ބަޔަކުވަނީ ނުކުމެ މަރުހަބާ ކިޔާފައެވެ. އަދި ރައީސް ޞާލިޙް ވަނީ އެ ރަށުގައި އުޅުއްވާ އެމްޑީޕީގެ މެންބަރުންނާއެކު ބައްދަލުވުމެއް ބާއްވަވާ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ހޯދުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ޞާލިޙްގެ ދަތުރުފުޅުގައި އެމަނިކުފާނުވަނީ ގޭގެއަށް ޒިޔާރަތްކުރައްވާ ދޮރުންދޮރަށް ކެމްޕޭން ހަރަކާތެއް ވެސް ކުރިއަށް ގެންދަވާފައެވެ.

މިއީ ވެރިކަމުގެ ދައުރު ހަމަވިފަހުން އެމަނިކުފާނު ކެމްޕޭން ހަރަކާތެއްގައި އަތޮޅުތެރެއަށް ވަޑައިގެންނެވި ފުރަތަމަފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން