ކޫއްޑޫގައި މަސްވެރިން ކުރަމުންދާ އިޙްތިޖާޖުގެ ތެރެއިން
ކޫއްޑޫގައި މަސްވެރިން ކުރަމުންދާ އިޙްތިޖާޖުގެ ތެރެއިން
މަސްވެރިންނަށް ދޭންޖެހޭ ޙައްޤު ފައިސާ ވަގުތުން ދޫކުރުމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ގޮވާލައްވައިފިއެވެ.

ސަޢުދު މިއަދު މިބީދައިން ސަރުކާރަށް ގޮވާލަށްވާފައިވާއިރު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން، ކޫއްޑޫގައި މަސްވެރިން މިއަދު ދަނީ މުޒާހަރާ ކުރަމުންނެވެ. މަސްވެރިން މިއަދު މުޒާހަރާކުރަމުންދަނީ ކޫއްޑޫއަށް މަސްވެރިން ކިރާފައިވާ މަހަަށް ލިބެންޖެހޭ ތިންމަސްދުވަހުގެ ފައިސާ ނުލިބި ދިގުލައިގެން ދިޔުމުގެ ސަބަބުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވަނީ މަސްވެރިން މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަށްވާނެ ކަމަށެވެ.

އެކަމާގުޅިގެން މެންބަރު ސަޢުދު މިއަދު ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން މަސްވެރި ޢާއިލާތައް ވަރަށް ބޮޑު ތަކުލީފެއް އުފުލަމުންދާކަމަށެވެ. އެގޮތުން އަސާސީ ޚިދުމަތްތަކަށް ދައްކަންޖެހޭ ބިލުތަކާއި ބޭންކުލޯންތައް ނުދެއްކި އެ އާޢިލާތަކަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް ސަޢުދު ވިދާޅުވިއެވެ.

އެހެންކަމުން މަސްވެރިންނަށް ދޭންޖެހޭ ޙައްޤު ފައިސާ ވަގުތުން ދޫކުރުމަށާއި މަސްވެރިންނާމެދު އިހުމާލުވުން ހުއްޓާލުމަށްވެސް ސަޢުދުވަނީ ގޮވާލައްވާފައެވެ.

"ދުވަހުން ދުވަހަށް މަސްވެރި ޢާއިލާތަކަށް ބޭނުންވާ ޟަރޫރީ ކަންކަން ކުރުމަށްވެސް ވަނީ ދަތިވެފައި." މަސްވެރިންގެ ޙާލަތު ބަޔާންކޮށްދެއްވަމުން ސަޢުދު ވިދާޅުވިއެވެ.



ސަޢުދު މިމޭރުމުން ވިދާޅުވެފައިވާއިރު މަސްވެރިން މިއަދު ކޫއްޑޫގައި ކުރަމުންދާ މުޒާހަރާ ހުއްޓުވުމަށް ފުލުހުންވެސް ދަނީ ޙަރަކާތްތެރި ވަމުންނެވެ.

ދާދިފަހުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ މި ސަރުކާރުުން 422 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. ހަމަ އެހެންމެ މިއަދާ ހަމައަށް 270 މިލިއަން ރުފިޔާ ނުދެވި އޮތް ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން