މިނިސްޓަރ ޝިޔާމް ށ. ކޮމަންޑޫ މަސްވެރިންނާ ބައްދަލު ކުރެއްވުން
މިނިސްޓަރ ޝިޔާމް ށ. ކޮމަންޑޫ މަސްވެރިންނާ ބައްދަލު ކުރެއްވުން
ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން މަސްވެރިން މިއަދު ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓުވާފައިވާތީ މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ކޫއްޑޫގައި ތިބި މަސްވެރިންނާ ބައްދަލު ކުރެއްވުމަށް ނިންމަވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީރު ޝިޔާމް ކޫއްޑޫއަށް ވަޑައިގަންނަވާނީ މިއަދު ހަވީރުއެވެ. މަސްވެރިން މިއަދު ކޫއްޑޫގައި މުޒާހަރާކުރަމުންދަނީ މަސްވެރިން ކިރާފައިވާ މަހަަށް ލިބެންޖެހޭ ތިންމަސްދުވަހުގެ ފައިސާ ނުލިބި ދިގުލައިގެން ދިޔުމުގެ ސަބަބުންނެވެ.

މަސްވެރިން މިއަދު ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުވާފައިވާއިރު ކޫއްޑޫގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ގޮތަކަށް މަސްވެރިން އެއްބާލުން ދެއްވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. އަދި ކޫއްޑޫ މަސް ފެކްޓްރީ ބަންދުކޮށްގެން މުޒާހަރާ ކުރަމުންދާ ފަރާތްތަކާ މަޝްވަރާކުރަށްވައި ޙައްލުތަކެއް ހޯއްދެވުމަށް ވަޒީރު މިއަދު ފަރާތްތަކާ ބައްދަލު ކުރަށްވާނެ ކަމަށް ވެއެވެ.

މި ސަރުކާރުން ވެރިކަމާ ޙަވާލުވީއިރުވެސް މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދެވި އޮތްކަމަށް މިނިސްޓަރ ޝިޔާމް ވަނީ ވިދާޅުވެފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވަނީ މަސްވެރިން މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަށްވާނެ ކަމަށެވެ.

ދާދިފަހުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ މި ސަރުކާރުުން 422 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. ހަމަ އެހެންމެ އިއްޔެއާ ހަމައަށް 298 މިލިއަން ރުފިޔާ ނުދެވި އޮތް ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވެފައިވަނީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މާޗު 5، ގެ ކުރިން އެ ފައިސާ ދައްކާ ނިންމުމަށް ކަމަށެވެ.

ޝިޔާމް މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ގާތްވެފައިވަނިކޮށް، ސެޕްޓެމްބަރު މަހުގެ މަހުގެ މެދުތެރޭގައި މަސް ކިލޯއެއް 17ރުފިޔާއިން 25ރުފިޔާ އަށް ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ނިންމާފައިވަނީ އެ އަގު 20 ރުފިޔާ އަށް ދަށްކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން