މި ސަރުކާރުން ލޯނު ނަގާނީ ރައްޔިތުންގެ ޖީބަށް އޭގެން ފައިދާ ލިބޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިމޭރުމުން ވިދާޅުވީ މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް މިއަދު ވިދާޅުވީ މިދިޔަ ސަރުކާރުން ކޮންމެ އަހަރަކު އެތައް 100 މިލިއަން ޑޮލަރެއްގެ ލޯނު ނަގާފައިވީ ނަމަވެސް އެކަމުން ރައްޔިތުންނަށް ލިބުނު މަންފާ ކުޑަކަމަށެވެ. ނަމަވެސް މި ސަރުކާރުން ނަގާ ލޯނުން ސީދާ ރައްޔިތުންނަށް ފައިދާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިސަރުކާރުން ލޯނު ނަގަނީ ދިގު މުއްދަތަކަށް ބަހާލައިގެން އިގުތިސާދަށް އެކަމުގެ ބުރަ އުފުލޭ މިންވަރަކަށް ކަމަށެވެ. އަދި އެފަދަ ލޯނުތަކުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ޗައިނާއާއެކު އަޅުގަނޑުމެން ސޮއިކުރި ވިއްސަކަށް އެއްބަސްވުން، އޭގެ ތެރެއިންވެސް އެއްވެސް އެއްބަސްވުމެއްގައި މި ދެންނެވި ގޮތަށް ނޫން ގޮތަކަށް ނަގާނެ ލޯނެއް ނޫނިއްޔާ އެހީތެރިކަމެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
އެގޮތުން ރައީސް މިއަދު ވިދާޅުވީ މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖު އެޅިއިރު އެތައް ރައްޔިތުންނެއް މުއްސަނދި ވެގެންދިޔަ ގޮތަށް އައްޑޫ ބްރިޖު މަޝްރޫއާއެކު އެ ސިޓީގެ ރައްޔިތުން ވެސް މުއްސަނދި ވާނެ ކަމަށެވެ.
ރައީސް މި މޭރުމުން ވިދާޅުވެފައިވާއިރު ހިތަދު އާއި ހުޅުމީދުއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިނާއި ސާވޭ މަސައްކަތުގެ އެއްބަސްވުމުގައި މިސްރުގެ ކުންފުންޏަކާއެކު މިރޭ ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު