ވޭތުވެދިޔަ 40 އަހަރުގެ މުއްދަތުގައި ފައިސާ ޗާޕު ނުކުރާ ވަރަށް ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި، ފައިސާ ޗާޕު ކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޭދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުންވަނީ ރާއްޖޭގެ ރައްޔިތުން ފުން އަނދަވަޅަކަށް ވައްޓާލާފައިކަމަށެވެ.

އަދި މާލީ ހާލަތަށް ވާނެގޮތަކަށް ނުބަލާ އެ ސަރުކާރުން ފައިސާ ޗާޕު ކޮށްފައިވާ މިންވަރު ގިނަކަން ފާހަގަ ކުރައްވާ ވިދާޅުވީ، ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ފައިސާ ޗާޕު ނުކުރާވަރަށް މިދިޔަ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ފައިސާ ޗާޕު ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މިދިޔަ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕު ކޮށްފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ފަސޭހަގޮތް ފަސޭހަ ނޫންތޯ. އެކަމަކު އަޅުގަނޑުމެން އެންމެންގެ ބޮލުގައި އަޅުގަނޑުމެން ހުރިހާއެންމެންގެ ދަރީންގެ ބޮލުގައި، އަންނަންއޮތް ޖީލުތަކުގެ ބޮލުގައި ދަރަނި އެޅި ނިމިފައި. އެގޮތް ކަމުނުދާތީ އެގޮތް ރައްޔިތުން ބަދަލު ކުރެއްވީ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ސަރުކާރުން އެގޮތަށް ކަންތައް ކޮށްފައި އޮތްނަމަވެސް މި ސަރުކާރުން މިހާރު އެވަނީ ރައީސްގެ ވައުދާއި އެއްގޮތަށް ފައިސާ ޗާޕުކުރުން ހުއްޓާލާފައި ކަމަށެވެ. އަދި އެއީ އުނދަގޫ ނިންމުމެއް ކަމަށާއި، މާލީ ހާލަތު މިފަދަ ގޮތަކަށް އޮތް ގައުމެއްގައި އެފަދަ ނިންމުމެއް ނިންމުމުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެކަން ފާހަގަކުރާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފައިސާ ޗާޕު ނުކުރަން ނިންމި ނިންމުމާއެކު މާލީ އިދާރާތަކުން ދޭ ލަފައަކީ ބޭކާރު ހަރަދުތައް ކުޑަކުރުން ކަމަށާއި އެކަން އެގޮތަށް ކުރެވިއްޖެނަމަ އިގުތިސާދު ކުރިއަރައިގެން ދާނެކަމަށް އެ އިދާރާތަކުން ވެސް ފާހަގަ ކުރާކަމަށެވެ.

އެގޮތުން، އާސަންދަ އާއި އެ ނޫންވެސް ކުންފުނިތަކުން ކުރާ ބޭކާރު ހަރަދުތައް ކުޑަކުރުމާއި ގުޅޭގޮތުން ވެސް އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖެ ބަނގުރޫޓުވެ އައިއެމްއެފްގެ ބެއިލްއައުޓް ޕްރޮގްރާމެއްގައި ރާއްޖޭން ބައިވެރިވާން އުޅޭކަމަށްބުނެ ވާހަކަތަކެއް ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޢަލީ

19-Feb-2024

40 އަހަރު ރާއްޖޭގެ އިޤްތިޞާދު އަޑި ނާޅާ ވަރަށް ރާއްޖޭގެ އިޤްތިޞާދު ކޮވިޑް ތެރޭގައި އަޑި އަޅާލި, ދެން ދުނިޔޭގެ ހާލަތުވެސް އަދި ކިޔާލަަބަލަ



ޓްރެންޑިން