ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ރައީސް ޔާމީންގެ ނަން ބޭނުންކޮށްގެން ރައްޔިތުން އިތުރަށް ގުނބޯ ނުހެއްދޭނެ ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިމޭރުމުން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ ފޭދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީނާ ގުޅުވައި ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. އެގޮތުން ރައީސް ވިދާޅުވީ، ކުރީގެ ރައީސް ޔާމީނަށް އިންސާފު ލިބުމަކީ ގައުމަށް ވެސް އެންމެ އިންސާފުވެރި ގޮތްކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް ވިދާޅުވެފައިވަނީ ސަރުކާރުން ރައީސް ޔާމީނަށް އިންސާފު ލިބުނަ ނުދިނުމަށްޓަކައި ކޯޓުގެ ވަކި ފަނޑިޔާރަކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރަށްވާ ކަމަށެވެ. ހަމައެއާއެކު އިންތިޚާބެއް ބޯމަތިވުމުން ރައީސް ޔާމީންގެ ނަން ބޭނުންކޮށްގެން ރައްޔިތުން އިތުރަށް ގުނބޯ ހެއްދިދާނެ ކަމަށް ޤަބޫލު ކޮށްގެން ނުވާނެ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

"ކޮބާ ވައުދުވި ގޮތް؟ ކޮބާ މިނިވަންކޮށްފިން؟ اللهއަށް ބިރުގަނޭ! އަމިއްލަ ސްޓްރެންތްގައި އިންތިޚާބުން މޮޅުވޭތޯ ބައްލަވާ! ދެނެއް ރައްޔިތުން ގުނބޯ ނުހެއްދޭނެ!" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް މިގޮތަށް ވިދާޅުވެފައިވާއިރު، މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިހާ ދުވަސްވެގެން ދިޔައިރުގައި ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށްވެސް ހަމަޖެހުން ލިބޭނެ ގޮތް ނޫން ކަމަށެވެ. އަދި އެ މަނިކުފާނަށްވެސް އިންސާފު ލިބެންޖެހޭނެ ކަމަށާއި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުންކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތަށް ހުރަސް އަޅާނެ އެއްވެސް މީހަކު މި ސަރުކާރުގައި ނުހުންނާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތްތައް މިހާ ދުވަސްވެ، ހުއްޓިފައި އޮތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު މި ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ނިޒާމަށް ނޯންނާނެކަމަށާއި، މި ސަރުކާރު ފެށުނު ދުވަހު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެސްފައިވާނޭ ކަމަށް ރައީސް ރޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން