ބްރިޖް އެމްއޯޔޫގައި ސޮއި ކުރުން
ބްރިޖް އެމްއޯޔޫގައި ސޮއި ކުރުން
އައްޑޫ ބްރިޖްގެ ފީސިބިލިޓީ ސްޓަޑީ އާއި ޑިޒައިންގެ މަސައްކަތް މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އައްޑޫ ސިޓީ ހުޅުމީދު އާއި ހިތަދޫގެ ބްރިޖްގެ ފީސިބިލިޓީ ސްޓަޑީ އާއި ޑިޒައިންގެ މަސައްކަތް ކުރިއަށް ގެންދަން ސަރުކާރުން ޙަވާލު ކޮށްފައިވަނީ މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުންޏާ އެވެ. މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ، ރައީސް ޑރ. މުއިއްޒު މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހުޅުމީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއެމްއޯޔޫގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން ސޮއިކުރެއްވީ އިންޖިނިއާ ހެބާ އަހުމަދު ލައިލާ އެވެ.

މިރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ، ގާތްގަނޑަކަށް 14 ކިލޯމީޓަރުގެ މި ބްރިޖްގެ ފީޒިބިލިޓީ ސްޓަޑީ އާއި ޑިޒައިނާ ގުޅޭ މަސައްކަތްތައް ތިން މަސް ތެރޭގައި ނިންމައި މިއަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.

ހަމައެއާއެކު ރައީސް ޑރ. މުއިއްޒުގެ މި ދައުރުގެ ތެރޭގައި ބްރިޖް ނިންމޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް ޑރ. މުއްޠަލިބު މިއަދު ވިދާޅުވިއެވެ.

އައްޑޫގައި ބްރިޖް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އައްޑޫ މަރަދޫފޭދޫގައި އިއްޔެ ބޭއްވި ޖަލްސާގައިވެސް ރައީސް ޑރ. މުޢިއްޒު ވަނީ އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން