ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅިފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ގިރާވަރުފަޅުން ގޯތި ލިބިފައި މީހުން ބޭނުން ނަމަ، ގުޅިފަޅަށް ނުވަތަ ހުޅުމާލެއަށް ގޯތި ބަދަލުކުރެވިދާނެ ގޮތެއް އޮތްތޯ ހުޅުމާލެ، ފްލެޓް 159204، އާމިނަތު ލީލާ، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ގިރާވަރުފަޅުން ގޯތި ލިބުނު އެހެން މީހުންވެސް އެސުވާލު ކުރަށްވާ ކަމަށާއި އެކަމުގައި ސަރުކާރުން ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

"ތިކަމަކީ ފުރުސަތު އޮތް ކަމެއް. އެހެންނަމަވެސް އަދި ސިޔާސަތެއް ކަނޑަނާޅަން. ގިރާވަރުފަޅުން ގޯތި ލިބުނު ބައެއް މީހުންނަށް ގުޅިފަޅުން ގޯތިދޭއިރު، އެތަނުން ޖާގަ ލިބިދާނެތޯ ނޫންތޯ އަޅުގަނޑުމެން ކަނޑައަޅާނަން. ދެ ތަނުގެ ވެސް ލޭންޑްޔޫސް ޕްލޭން މިހާރު ފައިނަލްކުރުމުގައި އުޅެނީ،" ރައީސް ވިދާޅުވިއެވެ.



ލީލާ ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް އިތުރަށް ވިދާޅުވީ ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅިފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ބެލުމަށް އެދޭ ކަމަށާއި އެ ސުވާލަށް ސީރިއަސްކޮށް އެޓެންޑުވެ، އެކަމަށް ވަރަށް އަވަހަށް ޖަވާބެއް ދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން